ރާގު: ހުރިކަންތަކާ ދުރުވާށެޑަރު…
ފިކުރާ ޚިޔާލާ ކުލަޔަކުން ބައިބައިވެގެން ނުތިބޭނަމޭ
ޒިކުރާތަކުން ބަޠަލުންގެ މާތް ގައުމިއްޔަތެއް ދިރުވާނަމޭ
ޢިލްމާ ޢަމަލު މަދަނިއްޔަތާ ތަހުޒީބުގައި ކުރިޔަށް އަރަން
ޙިލްމާއި ޚުލުޤުގެ ދީންމަތީ ތިބެ ގައުމު ކުރި އަރުވާނަމޭ
އިސްލާންކަމާއި ޝަރީޢަތާ ވަޙުދަތު މިތާ ނެގެހެއްޓުމަށް
އިސްކަން އަބަދުދީ ފާރަލައި ޤުރުބާންވަމުން ގެންދާނަމޭ
މިނިވަންކަމަށް ލޮޅުމެއް އަރާ ކަމަކަށް ދޮރެެއް ހުޅުވުނަނުދީ
ދިނިގެންތިބުން އެދި ޖޯޝުގައި ފިސަހަރި ޖިހާދު ކުރާނަމޭ
ކުރިޔަށް އަރައިގެން ދުނިޔެދާ މަގުތައް ބަލައިގެން ހޯދަމުން
ހުރިހައި ރޮނގުން ކުރިޔަށް އަރައި ގައުމާއިގެން ހަމަދާނަމޭ
ކަނޑުފަޅު ވިލާ ގިރި ހާހަލާ ފަރު ފުށި ފިނޮޅު ކަނޑުއޮޅިތަކާ
ދަނޑުފަނގުތަކުން ހޯދައި ނަފާ ނެރެގެން ފުދުންތެރި ވާނަމޭ
މިސްކިތް އޮފީސް އިސްކޯލުތައް ބަނދަރާއި ފާލަންތައް އަޅަައި
އިސްކާބަފައިން އުޅެފައިވި ގޮތް ރަށުރޫޙުގައި ނެރެދޭނަމޭ