Support Us

ކޮލަމް: ދިނަށަ

އުދަރެހުން ރީތި މަންޒަރެއް މިރޭ

މިރޭ (ޞަފަރުމަހުގެ 2 ވަނަ ރޭ ނުވަތަ 08 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ރޭ) އަކީ، އުދަރެހުން ރީތި މަންޒަރެއް ފެންނާނެ ރެއެކެވެ. މާލޭ ގަޑިން އިރު އޮއްސޭ ވަގުތު ކަމުގައިވާ 18:09 އިން ފެށިގެން ތުލަ ރާހީގެ ނުވަތަ މީޒާން ބުރުޖު (ލިބްރާ)ގެ 27 ދަރަޖައިގައި ހުންނަ ޒުހުރަތު (ވީނަސް) އާއި ހަމަ އެ ރާހީގެ 12 ދަރަޖައިގައި ހުންނަ ޢަޠާރިދު (މާރކިޔުރީ) އާއި ހަމަ އެ ރާހީގެ 5 ދަރަޖައިގައި ސީދާ ހުޅަނގު (މުރިނގު އަސްތަމާނު) ގައި ހުންނަ ހަނދާއި ކާންޏަ ރާހި ނުވަތަ ސުންބުލާ ބުރުޖު (ވާރގޯ ސައިން) ގެ 25 ދަރަޖައިގައި ހުންނަ މިއްރީޚު (މާރސް) ހުޅަނގު ފަރާތު އުދަރެހުން ބަބުޅާ މަންޒަރު ފެންނާނެއެވެ.

ހަމަ އެގޮތަށް އިރު އޮއްސުމުގެ ފަހުން މަކަރަ ރާހި ނުވަތަ ޖަދީ ބުރުޖު (ކެޕްރިކޯން ސައިން) ގެ 24 ދަރަޖައިގައި ހުންނަ "ޕްލޫޓޯ" އާއި ކުންބަ ރާހި ނުވަތަ ދަލޫ ބުރުޖު (އެކްއޭރިއަސް) ގެ 7 ވަނަ ދަރަޖައިގައި ހުންނަ ޒުޙަލު (ސެޓާރން) އާއި ހަމަ އެ ރާހީގެ 24 ވަނަ ދަރަޖައިގައި ހުންނަ މުސްތަރީ (ޖުޕިޓަރ) އިރުމަތީ ފަރާތް ނުވަތަ މުރިނގު އީރާނަށް ވުރެން ދެކުނު އުދަރެހުން ބަބުޅާ މަންޒަރު ފެންނާނެއެވެ.

މިފަދަ މަންޒަރު ތަކަކީ ޢާންމުކޮށް ފެންނަ މަންޒަރު ތަކެއް ނޫނެވެ. ގުރަހަތައް ފަލަކުގައި ދައުރުވުމުގައި ތަނާއި ވަގުތު ދިމާވެގެން އެ ގޮތަށް ފެންނަނީ މަދު ޙާލަތްތަކުގައެވެ.

އަދި 18:25 ގައި ހަނދު އޮއްސުމުގެ ކުރިން މިއްރީޚު އޮއްސުނު ނަމަވެސް ހަނދާއެކު އުދަރެހުން އަލިގަދަ ގުރަހަތައް ދުށުމުގެ ފުރުޞަތު ލިބޭނެއެވެ. ހަނދުގެ ސައިޒުގެ ގޮތުން ފާޅުވާ ހަނދުގެ ހުޅެވި ވެސް ޢާންމު ހުޅެވިތަކަށް ވުރެން 8 ސެޕްޓެމްބަރ ދުވަހުގެރޭ ބޮޑުވާނެއެވެ. ދެކުނަށް އަރިކޮށް ހުޅެވި ފެންނަ ހަނދު، މި ޞަފަރު މަހުގައި ދުނިޔެ ވަށައިގެން ޖަހާ ބުރުގެ ފުރަތަމަ ކުއާޓަރ މި ހިނގާ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލޭ ގަޑިން މެންދަމު 01:39 ގައި ދަނަ ރާހި ނުވަތަ ޤައުސު (ސެޖިޓޭރިއަސް) ގެ 21 ދަރަޖައިގައި ފުރިހަމަ ކުރާނެއެވެ. އަދި 8 ސެޕްޓެމްބަރ ވަނަ ދުވަހު މާލެއަށް އިރު އޮއްސޭ ވަގުތުގެ 27 މިނެޓްފަހުން 18:36 ގައި ހަނދު މާލެއަށް ވުރެން 3 ދަރަޖަ 23 ދަގީގު އުތުރުގައި ހުރެގެން މާލެއަށް އިރު ހުޅަނގުގެ ގޮތުން މެދަށް އަންނަކަމީ، މި ޞަފަރު މަސް ފެށުމުގައި ފަލަކީ ގޮތުން މާލޭ ކަލަންޑަރުގެ ޞައްޙަކަން ކަށަވަރުވާ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

2 Responses

  1. ސާބަހޭ މާޝާﷲ! ފިސާރި މޮޅު. މަޢުލޫމާތަށް ސަތޭކަ. ހުށަހެޅުއްވުމަށް ސަތޭކަ. ވަރަށް ވަރަށް ޝައުޤުވެރި..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *