ވާރެޔާ ތެމިގެން އެރޭ ކުރިދަތުރު ގައި ޖަލިޔާތެރޭ
ވާރެޔާ އެކު ކޯރުގައި ތެމި ފޯވެގެން ތިޔައަތު ތެރޭ
މިއުޒިކުގެ ހަމަޔަށް ފުމޭ ކުދި މަސްތަކުން ކޯރުގެތެރޭ
މިއުޒިކަށް ހަނދުވަރުގެ އަލިވެސް ބަބުޅަނީ ފެންގަނޑު ތެރޭ
ފަރިވަމުންދާ މާތަކުން މިސްކީޢަބީރެއް ފެތުރެނީ
އަރިޔަހުން ލިބި އުލްފަތުގެ ފޮނިކަން އެރިހި ހަނދުވަރުތެރޭ
ދޫނިތައް ވެސް މަޑުޑުން ލަވަތައް ކިޔާ ހެން ހީވެޔޭ
މޫނިމާ ބިޔަ ގަސްތަކުގެ ތަންމަތި ތަކުން ހާލީތެރޭ
މުޅި ހަޔާތުގެ ދަތުރުގައި ތެދުވެރި ކަމާ އެކު އުފަލުގައި
ގުޅި ނަޔާ މުސްތަޤްބަލެއްހޯދަން އެދެން ތިޔައަތުތެރޭ
އުދުހެމުން ދާ ކަފަވިލާވެސް މަޑުކުރީ އުދަރެސް މަތީ
ގުދުވެ ބޮސްދީ ހިތް އުފާ ކުރުމަށް އެރިހި ހަނދުވަރުތެރޭ
ފެނުގެ ފައްވާރާތަކާ އަދި އޮއި ދެމޭ ކޯރުގެ ތެރޭ
ފެނުޕަރީ ހެން ހީވަނީ ފަތަނީ އެ ނަލަ އާރުގެތެރޭ
