ރާގު: އިޝާރޯން އިޝާރޯން…
އިޝާރާތްތަކުން ލޯބި ސިގްނަލް ދިނީމާ
ކަލާޔަށް އެދޭ ވަރު ބަޔާން ކޮށް ދެނީއޭ
ދަމާބާރަކުން ހިތް ކަލާޔަށް ދެވިއްޖޭ
ކަލާއަށް އެދޭވަރު ބަޔާން ކޮށްދެނީއޭ
މާފުނުން ވެވުނު ލޯތްބެއް މެޔޭ
ހިތާޖިސްމު އެކުގައިވެޔޭ
ހިތާ ލޯބި މިލްޖުލް ވެޔޭ
ހިތާމޭގެ ގުޅުމޭ ލެޔާ 2
ކަލާ ދެކިލުމަށް އަބަދު ބޭނުން ވަނީއޭ
ފިދާވާން ތިލޯތްބަށް އެދޭތީ ހުރީމޭ
އައިމި މޫސުމް ބަހާރުން މިތާ
ހިތަށްވާ އަރާމުންމިތާ
އަންނަނީ ރޯޅި ފިނިވައި މިތާ
ނުދާނަން ވަކިވެގެން ހިތާ 2
ޒުވާންކަމުގެ ޖާދޫ ވެޔޭ ހިތުތެރޭގާ
ބުނަންހޭ އެދޭ ހިތުގެ އަލިދަންމަރޭ ތީ
ދެކި އުފާކުރި ހަނދާ ތަރިތަކާ
ޚިޔާލީ އެހުވަފެން ތަކާ
ފޮޅޭ ރީތިހާމާތަކާ
އެމާޒީ ހަނދާން ވޭ މިތާ 2
ކެހޭތީ އެ ފަރުދާ ހަނދާންއާވަނިއްޔޭ
ނުވޭހޭ ރަހްމު ދެން ކަލާ ހިތުތެރޭގާ
