Support Us

މަގޭ ވަޒަން…

ރަށުގެ ވެށި މީ މާއުފާވެރި ހިތްއެދޭ ދިރި އުޅުމެކޭ
ވަށަވަށައިގެން ފެހިކަމާ ތާޒާ ކަމުގެ މާހައުލެކޭ

އެކުވެރިންނާ އެކު އުޅެން މީ ގުދުރަތުގެ ހަދިޔާ އެކޭ
ދެކި އުފާ ކޮށް އާއިލީ ގުޅުމުގެ ރިވެތިވި މިސާލެކޭ

ފިނިހަވީރުގެ ވަގުތުގައި ހިތްހަމަޖެހޭ ނަލަ ވެއްޓެކޭ
ފޮނި ޚިޔާލުން ވެދިޔަ މާޒީ ކުރެހެނީތަސްވީރެކޭ

ހަނދުވަރީ ރޭރޭ ހިތަށް ލިބެމުންދަނީ އުއްމީދެކޭ
ވެދުމަކަށް ލިބިފައިވި ފިނިފެންމަލުގެ ނަލަ ދަސްތާއެކޭ

އިރުގެ ރަންދޯދިން ވިދާ ހުދު ދޮންވެލީގެ ފިނޮޅުތަކޭ
ފިރުމަމުން ފިނިފިނި ނަސީމުގެރޯޅިތައް ދޭ ދިރުމެކޭ

ތިރިތިރިން އުދުހޭ ކޮކާތައް ބޮސްދެނީ ފަރި މާތަކޭ
ކިރުކުލައިން ދޮންދީނި އުދުހޭ މަލަ ރިވެތި ގިލަފައްޗެކޭ

ގުލްހަޒާރާ ގުލްޗަނބޭލީ ފަރިވަމުންދާ ޒާރެކޭ
އުލްފަތުގެ ފިނި ފޮނި އަރާމުން ހިތްފުރޭ މާ ހައުލެކޭ

ކުކުޅު ހާލާ ދޫނިތައްް އެކުވެރިކަމާ އެކު ދިރި އުޅޭ
ރުކުރަލާ ކުރުނބާ ލިބޭ މީ ހަމަޖެހޭ ދިރި އުޅުމެކޭ

ދިވެހި އަލަ ބަނބުކެޔޮ އެއީ މިވެށިން ލިބޭ ހަދިޔާ އެކޭ
ރިވެތި އަދަބާ ޚުލްގު ހެޔޮ އަޚުވަންތަ ރިވެތި މިސާލެކޭ

އިސްވެދިޔަ މާޒީގެ ރިވެތި އަދާ ތަކުގެ ތަސްވީރެކޭ
ވިސްނުމާ ފިކުރުގެ ބަދަލުނުވި ރީތި ދިވެހި މިސާލެކޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ރަންމުތުގެ ހާރެއް ފަދަ ޅެމެއް. ޅެންވެރިޔާ ނަސީރާއަށް ފަށްފަށުން ޝުކުރާއި ތަހުނިޔާ އަރިސްކުރަން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *