Support Us

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ޕާޓްނަރުންނާ މަޝްވަރާކުރައްވައިފި

ކޮޕް 26ގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެންމެ އިސްކަންދޭ ކަންކަމާ ބެހޭގޮތުން ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ސްރީލަންކާގައި ޤާއިމުވެ ތިބޭ ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކާއެކު ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ވަކިވަކިން ބޭއްވެވި މި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސްރީލަންކާގައެވެ. ކޮޕް26ގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެންބަރު 1 އިން 12 އަށް އިނގިރޭސި ވިލާތުގެ ގްލަސްގޯގައެވެ.

ލަންކާގައި އޮތް މި ބައްދަލުކުރެއްވުންތަކުގައި ޞަބްރާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން، ދުނިޔޭގެ ފިނިހޫނުމިން މަތިވާ ނިސްބަތް 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގައި ބެހެއްޓުމުގެ ގޮތުން ބައިނަލްއަޤްވާމީ މުޖުތަޢުު ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާ އެޑެޕްޓޭޝަންގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާއި އަދި، މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމާއި އެޑެޕްޓޭޝަންނަށް ހުރި ފުރުޞަތާ ގުޅޭ މަޢުލޫމާތު ލިބޭގޮތަށް ކަންކަން ފަހިވެފައި އޮތުމުގެ މުހިންމުކަމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރެއްވިއެވެ.

ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީނުގެ އަރިހުގައި މި ބައްދަލުކުރެއްވުން ތަކުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤު ބައިވެރިވެ ވަޑައިގެންނެވިއެވެ. ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި ނޭޕާލުގެ ޗާޖް ޑި އެފެއާރޒްއާއި، ނެދަލެންޑްސް، އަފްޣާނިސްތާނު، ވިއެޓްނާމް، އެމެރިކާ، ކޮރެޔާ، ޖަރމަން، ފްރާންސް، ސްވިޒަރލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި، ޔޫރަޕިއަން ޔޫނިއަންގެ ޑެލިގޭޝަންގެ އިތުރުން ސްރީލަންކާގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ސެކްރެޓަރީ ޑޮކްޓަރ އަނިލް ޖަސިންގ ހިމެނި ވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް