Support Us

ޖުލައި ސައްބީސް

އަތުވެއްޖެ ޖުލައި ސައްބީސް.

ނެތެ ފަރަގެއް އަދަކު އެގާރަ އަނެއް ސައްބީސް.

ބަނަކަން،

ފުސްކަން،

ޝައްކާއި ވަހުމުގެ ލޯތައް ދެކެމުން،

އަތުވެއްޖެ އަނެއްކާ މެ ޖުލައި ސައްބީސް.

 

ކޮތަރެއް،

ޖުމްހޫރީ މައިދާނުން ކޮތަރެއް،

އެ ކޮޅަށް، މި ކޮޅަށް،

މި ކޮޅުން އެ ކޮޅަށް، އެ ކޮޅުން މި ކޮޅަށް،

އުދުހިލަމުން ރާގެއް އަޅުވައިލިއެ:

މިނިވަންދުވަހޭ، އައި މީ މިނިވަންދުވަހޭ!

ހިނިތުންވެލެވޭ މީ މިނިވަންދުވަހޭ!

ފޮނި ރާގުތަކެއް ކުޅެމުން،

މިނިވަން ލަވަތައް ކިއަމުން،

ރޯޅީގެ އެހީގައި ނަށަމުން،

ދިދަ، ވައިގެތެރޭ މިނިވަންކޮށް ވިހުރޭ،

މިނިވަންދުވަހޭ މީ، މިނިވަންދުވަހޭ!

 

ކޮތަރެއް،

ދުރުގައި އިން ކޮތަރެއް،

ހިނިތުންވުން ނެތް ކޮތަރެއް،

ކޮތަރުގެ ލަވަ އަހަމުން،

ދިދައަށް ބަލަމުން،

ބުންޏޭ:

އުތުރުން އެ ޖެހޭ ރޯޅީގައި،

ދިދަ ވިހުރޭ ވިހުރުމުގައި،

އިވެނީ މޮޅިވެރި ރުއިމެއްގެ އަޑޭ!

އެ ދިދައިގެ ލޮލުން އޮހެނީ ކަރުނައިގެ ކަނޑޭ!

އެ ޖެހޭ ރޯޅީގައި،

ދިދަ އެ ނަށާ ނެށުމެއްގައި،

ނެތް މިނިވަން ބަނޑިއެއް، ހަރަކާތެއް!

ޝާހިދުނަށް އެ ތިބީ މި ބިމާއި އުޑޭ!

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *