Support Us

ނުދާނަން

ރަސްމަތި ފުށުން އަޔަސްވެސް އަސްތާ! ހިތެއް ނުދޭނަން
މަސްދޯނި ލިޔެދިނަސް ބަލަ ލޯތްބެއް މަށެއް ނުދޭނަން

ތަކުރާ އެކީ މައުޅުނަސް ހަކުރާ ފުށާ ނުލިބުނަސް
ރުކުރާ ކޮޅެއް ބުޔަސްވެސް އުފަލުން މަދިރިއުޅޭނަން

އިގުރާރު ވީ އެލޯތްބާ ދުރަކަށް މަށެއް ނުދާނަން
ތިކުރާ ޚަރަދު ތަކަށް ބަލަ އިސްވެސް މަ ނުއުފުލާނަން

އަތަރާއި ސެންޓު ދިނަކަސް ބަޓަރާއި ޖޭމު ދިނަކަސް
ހަތަރެސް ފަޔާއި ކަރުގައި ރަން އެޅުވިޔަސް ނުދާނަން

ތަކުރުގެ އެހުންނަ އަސަރެއް ކިހިނެއް ބަޔާން ކުރާނީ
އަކުރާއި ފިލި ނުދަތަކަސް އިތުބާރު ވެސް ކުރާނަން

އައި ފޯނު ގަނެދިނަސް ވެސް ހައި ވެސް ޖަހާ ނުލާނަން
ވައިބަރު ނެތަސް ތަކުރު ދިން ބާފޯނު ގެން ގުޅޭނަން

ޔޫރަޕްގެ ދަތުރަކަށް ދާން ދަޢުވަތު ދިނަސް ޔަގީނުން
ޔޫ އަށް މަގޭ މިނާޒުކް ހިތް މިލްކް ކޮށް ނުދޭނަން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *