Support Us

ތަސްވީރެއް ހަނދާންކޮށްދޭ ވާހަކައެއް

ތަސްވިރުން އެ ފެންނަ، ހިލިިހިލާޖަހައިފައިވާ ބޭކަލަކީ ލީބިޔާއަށް މިނިވަންކަން ހޯދައިދޭން، އިޓަލީގެ އިސްތިއުމާރުގެ ބާރުތަކާ އިދިކޮޅަށް ހަނގުރާމަކުރެއްވި ލީބިޔާގެ ޒައީމު، 1931ގައި ހައްޔަރުވުމަށް ފަހު، ދަންޖައްސަން ގެންދެވޭ މަންޒަރެވެ. މި ފޮޓޯއިން ފެންނަން މީހުންގެ ތެރެއިން އެކަކުވެސް އަދު ދުނިޔޭގައި ނެތެވެ. އަދި އެމީހުންގެ ވާހަކަ ދައްކާނޭ މީހަކުވެސް ނޫޅެޔޭ ބުނެވިދާނެއެވެ. އެކަކު ފިޔަވައެވެ. އޭނާ ހައްޔަރުވެ، ދަންޖައްސައި ޝަހީދުކޮށްލުމުން، މިނިވަންކަމަށް ލޯބިކުރާ މީހުންގެ ހަރަކާތް ހުއްޓިގެންދާނެކަމަށް ހީކޮށް، ލީބިޔާގެ މުސްތައުމިރުން ހިތްހަމަޖައްސާލިކަން މި ފޮޓޯއިން ވެސް ސާފުކޮށް ފެނެއެވެ. ނަމަވެސް، ކަން ނިމިގެން ދިޔައީ އެހެންނެއް ނޫނެވެ. ލީބިޔާގެ މުޖާހިދުންނަށް އެންމެ ފަހުން ކާމިޔާބު ލިބުނެވެ. އަދި، ނިކަމެތިކޮށްލެވުނު ކަމަށް ބެލެވުނު ޝަހީދު އުމަރު އަލްމުޚްތާރު ފާހަގަވެގެން ދިޔައީ ހިއްވަރުގަދަ ހަގީގީ ބަތަލަކެށެވެ. އޭނާގެ ނަމާއި އެ ނަމާ ގުޅިފައިވާ ހަނދާންތަކަށް ކުޑަކޮސް ވެސް ފަނޑުވުމެއް ނެތެވެ!

މިކަން، ބުނެދީ ހަނދާންކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ އެމީހުންގެ ލެޔަކީ ބޭކަރުވެގެންދާ އެއްޗެއް ނޫންކަމެވެ. އެމީހުންގެ ޖިހާދާއި ގުރުބާންވުމަކީ އެއިން އެހެން މީހުން އިލްހާމު ލިބިގަނެ، އެ މީހުން ފަދައިން މިނިވަންކަމަށްޓަކައި މަސައްކަތްކުރުމުގެ ހިއްވަރު ލިބިގަންނަ ކަމެކެވެ. އެމީހުން މަރާލުމަކުން އެމީހުންގެ އަސަރު ފިލައިގެންނެއް ނުދެއެވެ. އަބަދުގެ އަބަދަށް، ދޫ ތަކުގައި އެމީހުންނަށް ހެޔޮ ބަސް ބުނެވި، އެމީހުންނަށްޓަކައި ހެޔޮ ދުއާކުރެވެމުން ދެއެވެ. އާދެ، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާފަަދައިންނެވެ. وجعلنا لهم لسان صدق عليا. (އަންނަން އޮތް ޖީލުތަކުގެ މީހުންގެ) ދޫމަތީގައި، އެމީހުންނަށްޓަކައި، ހެޔޮ ބަސްބުނެ (މަތިވެރި ރީތި ނަން ލިބޭގޮތް) މެދުވެރިކުރެއްވީމެވެ. (މަރިޔަމް ސޫރަތުގެ 50ވަނަ އާޔަތުން). މިއާ ޚިލާފަށް، ހަނދާނުން ފޮހެވި، އެމީހުންގެ އަސަރު މުޅިން ފޮހެވިގެންދަނީ އަނިޔާވެރިންގެ ނަންތަކެވެ. ބާތިލުގެ މަގުގައި ހިނގައި، ބާތިލު ގޮތް ފަތުރަން މަސައްކަތްކުރި މީހުންގެ ނަންތަކެވެ. ފަހުން، އެފަދަ ޚިޔާނަތްތެރިނާއި ޣައްދާރުންގެ ނަންގަނެވޭ ހިނދު، އެމީހުންނަށް، މީސްތަކުންގެ ބަދުދުއާއާއި ލައުނަތް ނޫން އެއްޗެއް ނުލިބެއެވެ. ކިރިތި ގުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. وأتبعناهم في هذه الدنيا لعنة وفي الآخرة من المقبوحين. ދެން، އެމީހުން ނިމިދިޔުމަށް ފަހު، ދުނިޔެ މަތީގައި ވެސް އެމީހުންނަށް ލައުނަތް ލިބޭ ގޮތް މެދުވެރިކުރެއްވީމުއެވެ. އަދި، އެއަށް ފަހު، އާޚިރަތް ދުވަހުން އެމީހުންވާނީ (ހަލާކުގެ ތެރެއަށް ލެވި) ހުތުރުވެގެންވާ ބައެއްކަމުގައެވެ. (ގަސަސު ސޫރަތް 42ވަނަ އާޔަތް).

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211

One Response

  1. މީނާ މިއީ ކޮންތާކުން ކިޔަވައިގެން އައި މީހެއްހޭ؟ މީނާ މި އައީ ކޮންތާކުން ޑޮކްތޫރުކަން ކިޔަވައިގެންހެއްޔޭ؟ މީނާ އަކީ މާ ބޮޑަކަށް އެއްޗެއް އެނގިގެން އުޅޭ މީހެއްހެން ހިޔެއް ނުވެޔޭ! ކޮންމެ ކޮންމެ މީހަކު ޑޮކްތޫރު ކުރިޔަށް ލައިގެން އައިމާ އަހަރުމެންގެ ބޯ ކާލެވިދާނެ ކަމަށް ހީކުރަނީ ހެއްޔޭ! އެހެނެއް ނުވާނޭ ގައިމޭ އެގޮތަށް އަޔަސް އަހަރަމެންނަށް އެނގިގެން ދާނެޔޭ، ކީއްވެހޭ އެ ފާޑަށް އުޅެ އެ ނަގަނީ، އަހަރުމެންގެ ބޯ ކާލަންހެއްޔޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *