އޭރަކު މަމެން ބޭނުން ނުވޭ ފޯނެއް ކުރަން އައި ފޯނަކުން
އޭރުގެ ކުދިން އެފްބީ އަކަށް ވަދެނުތިބެޔޭ ސިސްޓަމްތަކުން
އޭރުގެ ހިމޭން ދިރިއުޅުމުގައި ލިބިފައި ވަނީ ހިތްހަމަޖެހުން
ބޭރުގެ އަސަރު ނެތް ވެއްޓަކުން ދިވެހިންގެ ރީތި އަދާތަކުން
އޭރުގެ ރިވެތި އަންހެން ކުދިން ޒީނަތްވެ އަތަރާ ހުވަނދުލައި
ބޭރަށް ދަނީ އުފަލާ އެކީ ބައްދަލުކުރަން ހޮޅު އަށިތަކުން
އޭރުގެ ޒުވާން ފިރިހެން ކުދިން އެކުވެރި ކަމަށް ދަޢުވަތު ދެމުން
ބޭރުން ދަމުން ހިނިތުން ވަނީ އަޚުލާޤު ރީތި މިސާލަކުން
އޭރުގެ ކުދިން ދުއްވާ ކަށެއް ކާރާއި ސައިކަލް ނެތްކަމުން
ބޭރަށް އުފާ ކޮށްލަން ދަނީ ހަނދުވަރު ތެރޭ ގޮނޑު ދޮށް ތަކުން
އޭރުގެ ނެތޭ މަސްހުނިކަމެއް އެކުގައި ދެޖިންސުގެ ކުދިވެރިން
މޭރުން ވުމުން ހުރިހާ ކަމެއް ދީން އުނގެނި ފައިވާ ފޮތްތަކުން
އޭރުގެ ދިވެހި އުޚުތުން އަޚުން ދެމެހެއްޓި ރީތި ގުޅުންތަކުން
އޭރުގެ މަނާޒިރު ސިފަވަނީ އެކުވެރި ކަމުގެ ރަން ޗޭނަކުން
