Support Us

ގާނޫނު ކިޔަވައިދެއްވާ އުސްތާޒުގެ ފިލާވަޅެއް ބުނެދޭ ވާހަކައެއް

ގާނޫނު ކިޔަވައިދެއްވާ އުސްތާޒު ކިލާހަށް ވަންނަވާފައި ސަލާން ގޮވާލެއްވިއެވެ. ކުދިން ސަލާން ބަލައިގަތުމުން، ކިލާހުގެ ފުރަތަމަ ސަފުގައި އިން ކުއްޖެއް ކުރެން އޭނާގެ ނަން އެހިއެވެ. ދެން، އޭނާ ޖަވާބު ދިނުމުން، އުސްތާޒު ނުރުހުންވެ، އެއްވެސް ސަބަބަކާ ނުލައި އެ ކުއްޖާ ކިލާހުން ބޭރުވާން އަމުރުކުރެއްވިއެވެ. ދެން، އޭނާގެ އަމިއްލަ ނަފްސު ދިފާއުކުރަން ފުރުސަތެއް ލިބޭތޯ އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އުސްތާޒު ކުރުނުކުރެއްވުމުން، އުސްތާޒުގެ އަމުރަށް ކިޔަމަންވެ، ހިތްހަމަނުޖެހި ހުރެވެސް، އެކުއްޖާ ކިލާހުން ނިކުތެވެ.

ދެން، އުސްތާޒު ދުވަހުގެ ފިލާވަޅު ފެއްޓެވިއެވެ. އަދި، ކުދިންގެ ކުރިމައްޗަށް ސުއާލެއް ހުށަހަޅާލިއެވެ. "ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟"

އެ ސުއާލުގެ ޖަވާބުގައި އެއް ކުއްޖަކު ބުންޏެވެ: "މީސްތަކުންގެ އަމަލުތައް ވަކި ހަމަތަކެއްގެ މަތީގައި ބެހެއްޓުމަށްޓަކައެވެ."

އެހެން ކުއްޖަކު ބުންޏެވެ: "މުޖުތަމައުގެ ކަންތައްތައް އިންޒާމުކޮށް މުޖުތަމައުގައި ހަމަ ގާއިމުކުރުމަށްޓަކައެވެ."

ތިން ވަނަ ކުއްޖަކު ބުންޏެވެ: "ގާނޫނުތަކާއި ގަވާއިދުތައް މުޖުތަމައުގައި ހިންގާލުމަށެވެ."

އަދި ހަތަރު ވަނަ ކުއްޖަކު ބުންޏެވެ: "ނިކަމެތި މީހާގެ ހައްގުތަކަށް ގަދަފަދަ ބާރުގަދަ މީހާ އަރައިގަތަނުދޭށެވެ."

ދެން އުސްތާޒު ވިދާޅުވިއެވެ. "ތި ހުރިހާ ޖަވާބުތަކުގައި ވެސް ހަމަ ރަނގަޅެވެ. ނަމަވެސް އަދި ނުފުދެއެވެ."

ދެން އެހެން ކުއްޖަކު ބުންޏެވެ: "އަދުލުވެރިކަން ގާއިމުވެ، އަދުލުވެރިކަމަށް ގަދަކަން ލިބިފައި އޮތުމެވެ."

"ޖަވާބު ވަރަށް ރަނގަޅެވެ. އުސްތާޒު ވިދާޅުވިއެވެ. އަދި އެކުއްޖާ ކުރެން އިތުރަށް އެއްސެވިއެވެ. "އަދުލުވެރިކަން ގާއިމުވެ، އަދުލުވެރިކަމަށް ގަދަކަން ލިބެންވީ ކީއްވެ ހެއްޔެވެ؟"

ޖަވާބުގައި އެކުއްޖާ ބުންޏެވެ: "އެންމެންގެ ހައްގުތައް ރައްކާތެރިކޮށް އެކަކަށް ވެސް އަނިޔާ ލިބުން ނެތިކޮށްލުމަށްޓަކައެވެ!"

ދެން، އުސްތާޒު ވިދާޅުވިއެވެ. "އެއްވެސް ޖެހިލުމެއް ނެތި، ތެދުވެރިކަމާއެކު ނިކަން ބުނެބަލާށެވެ! ކަލޭމެންގެ ޒަމީލު ކިލާހުން އަހަރެން ބޭރަށް ލުން އެއީ އޭނާއަށް ވެވުނު އަނިޔާއެއް ހެއްޔެވެ؟"

ދެން ހުރިހާ ކުދިން އެއް އަޑަކުން ބުންޏެވެ: "އާދޭހެވެ! އެއީ އުސްތާޒު އޭނާއަށް ކުރެއްވި އަނިޔާއެކެވެ!"

ދެން އުސްތާޒު ކޯފާ އިސްކުރައްވާފައި ވިދާޅުވިއެވެ. "އެހެން ކަމަށް ވަންޏާ ކަލޭމެންގެ ތެރެއިން އެކަކުވެސް އެކަމާ ދެކޮޅު ނުހެދީ ކީއްވެ ހެއްޔެވެ؟ ކަލޭމެންގެ ކުރިމަތީގައި މީހަކަށް އަނިޔާ ލިބެމުން ދިޔައިރު، އަނގައިން ނުބުނެ، ހަނު ތިބީ ކީއްވެ ހެއްޔެވެ؟ ކަލޭމެން ކުރިމަތީ މީސްތަކުންނަށް އަނިޔާ ލިބެމުންދާއިރު، އަދި، އެއީ އަނިޔާކަން ކަލޭމެންނަށް އެނގޭއިރު، އެކަމާ އެއްޗެއް ނުބުނާ ނަމަ، އަނިޔާކުރުން ހުއްޓައި، އަދުލު އިންސާފު ގާއިމުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަނިޔާ ލިބެމުން ދާއިރު، ކަލޭމެން އެއްޗެއް ނުބުނެ ހަނުހުރުމުން، އަނިޔާކުރާ މީހާއަށް އޭނާ އަނިޔާކުރުމަށް އިތުރު ހިއްވަރު ލިބޭނެއެވެ."

ދެެން އުސްތާޒު ކިލާހުން ބޭރަށް ލެއްވި ކުއްޖާ ގެންނަވައި، އެންމެންގެ ކުރިމަތީ އޭނާގެ ކިބައިން މާފަށް އެދުނެވެ. އަދިވެސް، ހަނދާންކޮށް ދެއްވިއެވެ. އެކަކަށް ވެސް އަނިޔާ ލިބެމުންދާއިރު އަދި އެކަން އެނގޭ އިރު، ހަނު ހުރެގެން ނުވާނެއެވެ. އެކަމާ މެދު، ނުރުހުން ފާޅުކޮށް ކޮންމެ ވެސް އެއްޗެއް ބުނުމަކީ ކަލޭމެންގެ ދީނީ ވާޖިބެއް ފަދަ ކަމެކެވެ! މިއަދުގެ ފިލާވަޅު މިހިސާބުން ނިމުނީއެވެ!"

އާދެ، މި ފިލާވަޅު ބުނެދޭ ވާހަކައަކީ ކޮބައި ހެއްޔެވެ؟ އަނިޔާ ލިބެމުން ދާއިރު، އެއީ ތިމަންމެންނާ ބެހޭ ކަމެކޭ ބުނެ، އަޅާނުލާ ތިބެއްޖެ ނަމަ، އާޚިރުގައި އޭގެ ހިތި ނަތީޖާ އެންމެންވެސް ބަރުދާސްތުކުރަން ޖެހޭނެ ވާހަކައެވެ. މިނިވަންކަން ގެއްލި، އަޅުވެތިވުމާ ކައިރިވަމުން ދާއިރު، އަޅާނުލާ ތިބުން ހެޔޮވާނެ ހެއްޔެވެ؟ ތަނުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރު މީސްމީހުން ވަދެ، ހުރިހާ ކަމަކަށް އެމީހުން އަތްގަދަކޮށް، ތަނުގެ މީހުން ތަމްސީލުކުރުމަށް އެމީހުންގެ މީހުން ބޭތިއްބުމަކީ އެންމެ ރަނގަޅު ކަމަކަށްވެ، ދެން، ތަނުގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފު ނުވެ، މިފަދަ ކަންކަމާ ދެކޮޅު ހަދައި އެއްޗެއް ބުނުމުން، އެ ބުނާ މީހަކާއި އަދި އެފަދަ ލިޔުން ލިޔާ ނޫސްތަކާ މެދު ފިޔަވަޅު އަޅަން އަމަރުކުރަމުން ދާއިރު މިކަން ދޭހެކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލެމުންދާ ތަނެވެ. އަދި، ތަނުގެ ބަޔަކު މިކަމަށް މަގުފަހިކޮށްދޭ ކަމެވެ. މިަކަންކަން ކުރިމަތިން ފެންނަމުންދާއިރު، އެއްވެސް އެއްޗެއް ނުބުނެ، ހަނުހުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އެވާނީ އަނިޔާ ދިނުމާއި ޚިޔާނަތުގައި ބައިވެރިވުން ނޫން ހެއްޔެވެ؟ އެފަދަ އަނިޔާއާއި ޚިޔާނަތުގެ އަމަލުތަކުގައި ބައިވެރިވާން ބޭނުން ނޫން ނަމަ، ގާނޫނުގެ އުސްތާޒު ވިދާޅުވި ފަދައިން، އެއްޗެއް ނުބުނެ، ތިބެގެން ނުވާނެއެވެ. އެކަމާ ނުރުހުން ފާޅުކޮށް، އެންމެ ކުޑަމިނުން، އަޑުގަދަ ކުރަންވާނެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
611

3 Responses

  1. ޤާނޫނީ އުސްތާޒް ދެއްވީ މިއަދު ވަރަށް އަގުހުރި ފިލާވަޅެއް. މަދު ބައެއްގެ ބާރު ދެމެހެއްޓުމަށްޓަކާ ކުރާ މިފަދަ ކަންކަމުގެ ނަތީޖާއަކަށް ވާނީ މިރާއްޖެ އަޅުވެތިކަމުގެ ތެރެއަށް ވެއްޓިގެންދިއުން މިކަން ތާރީޚުން ވަރަށް ސާފުކޮން ފެންނަން އެބައޮތް.

  2. އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..! އިންޑިޔާ އައުޓް..! ސަންޖޭ މުދީރު އައުޓް..!

  3. ބަޔަކުޖީބު ބޮޑުކުރަނީ ރައްޔިތުން އޮބިއަޅުވާފަ. ޤާނޫނު އަރާ ހަމަކުރާނެކަން ދަންނަންވާނެ ރައްޔިތަށް އަނިޔާ ކުރާމީހުން.
    #އިންޑިޔާއައުޓް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *