Support Us

ވަސީލަތް

ބާބިލްގެ ނަލަ ގުލްޝަންތެރޭ ފޮޅި ފަރިވަމުންދާ މާތަކުން
ޤާބިލް މަލެއް ފެންނާނެހޭ މޯޅިވެ ނުދާނޭ މާތަކުން

އިރު އޮއްސުމުން ހަނދުވަރުގެ އަލި އުދަރެސްމަތީގައި ފެތުރުނަސް
އިރުއުދަރެހުން ފާއްދާލުމުން ހަނދު ފަނޑު ނުވޭހޭ އަލިތަކުން

އަގުބޮޑު ވިދާ ރަންމުތްތަކާ މާވަހަރު ޖައުހަރުތަކުތެރޭން
އަގުބޮޑު ހުދަންބަރު ވަކިވެވޭހޭ ނުބަލަނީނަމަ ޓެސްޓަކުން

ފިރުމާލަދޭ ފިނިރޯޅިތައް މެންދުރުގެ ހޫނުން ފިހެވިގެން
ދިރުވާލަދޭ ރޫޙުން ލިބޭހޭ ފިނިކަމެއް ނަލަ އަސުރަކުން

ޢިލްމުގެ ކަނޑަށް ފީނާތިބާ ރަންމުތްތަކެއް ހޮވިއަސް އަތުން
ޙިލްމެއް ނުވާ ނަމައީ ލިބޭނޭހޭ އެމުތްތައް ހުނަރަކުން

މަންޒިލް އަމާން ލިބުމަށް އަދައިފުރިއަސް ތިބާ ދުރުދަތުރަކަށް
މަންޒިލް ލިބޭހޭ ދަތުރުގައި މިސްރާބު ނުބަލާ އުޅަނދަކުން

އަގުހުރި ރަނުގެ ގަހަނާތަކުން ޒީނަތްވިއަސް އަދު ލޯތަކަށް
އަގުހުރި ރަނާ ރިހިވަކިވެވޭ ހެ ތިލޭރުކަން ނެތި ހުނަރަކުން

ލަކުޑީގެ އަގު ބާޒާރުގައި އެކި ދަރަޖައިން ހުއްޓަސްލިބެން
ލަކުޑީގެ މޮޅުކަން ބުނެދެވޭ ހޭ މާވަޑިން ނެތި އަމުދަކުން

އެކަމަކު ސުލޫކާ ޚުލްޤު އަދި އަދަބާއި ޢިލްމީފެންވަރާ
މިކަހަލައެތައް ކަންތައްތަކެއް އެނގިދާނެ ބުނެލާ ބަސްތަކުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *