...

Support Us

ކުރު ވާހަކަ: ފުއްޕާ ހަމެއް ކިޔައިދޭ ވާހަކަ

އެދުރުބޭ ކިލާހުގެ ކޮންމެ ކުއްޖަކަށް ފުއްޕާހަމެއް ދެއްވާފައި ބުނުއްވިއެވެ. ކޮންމެ ކުއްޖަކުވެސް ފުއްޕާހަން ފުއްޕާލާށެވެ. އަދި، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ފުއްޕާހަމުގައި އެކުއްޖެއްގެ ނަން ލިޔެލާފައި ކިލާސްތެރެއަށް ދޫކޮށްލާށެވެ. ދެން، ފަސް މިނިޓުގެ ތެރޭގައި ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ ފުއްޕާހަން ހޯދޭތޯ އުޅޭށެވެ!

އެދުރުބޭ ބުނުއްވި ފަދައިން ކުދިން ކަންތައް ކުރިއެވެ. ނަމަވެސް، ފަސް މިނިޓު ވޭތިވެގެން ދިޔައިރު، އެއްވެސް ކުއްޖަކަށް އެކުއްޖެއްގެ ފުއްޕާހަން އަތުޖެހޭ ގޮތެއް ނުވިއެވެ.

ދެން، އެދުރުބޭ ބުނުއްވިއެވެ. ފަސް މިނިޓުގެ ތެރޭގައި އެކުއްޖަކަށް އަތުޖެހުނު ފުއްޕާ ހަމެއް ހިފާފައި އޭގައި އޮތް ނަމުގެ ވެރި ކުއްޖާއަށް ފުއްޕާހަން ދޭށެވެ.

ދާދި ކުޑަ ހިނދުކޮޅެެއްގެ ތެރޭގައި ހުރިހާ ކުދިންނަށް އެކުދިންގެ ނަން ލިޔެވިފައި އޮތް ފުއްޕާހެން ލިބުނެވެ.

ދެން އެދުރުބޭ ކުދިންނާ މުޚާތަބުކޮށް ބުނުއްވިއެވެ. މި ފުއްޕާހަން ރަމްޒުކޮށްދެނީ ބާއްޖަވެރިކަމެވެ. ކޮންމެ ކުއްޖަކު އެކުއްޖެއްގެ ހަމައެކަނި މަގުސަދަކީ އެކުއްޖެއްގެ އަމިއްލަ ބާއްޖަވެރިކަން ހޯދުންކަމަށް ވެއްޖެ ނަމަ، އެކަން ކުރުން އެހާ ފަސޭހައެއް ނޫނެވެ. ނަމަވެސް، ހުރިހާ އެންމެންވެސް، ކޮންމެ ކުއްޖެއްގެ ފުއްޕާހަން އެކުއްޖަކަށް ދޭން އުޅުނު ފަދައިން، އެކުވެ، އެކުވެރިވެގެން އުޅެއްޖެ ނަމަ، ހުރިހާ ކުދިންނަށް ވެސް ބާއްޖަވެރިކަން ފަސޭހައިން ހޯދޭނެއެވެ.

އާދެ، ފުއްޕާހަމުގެ މި ދަރުސަކީ އެންމެންނަށް ވެސް، އަދި ވަކިން ޚާއްސަކޮށް، ސިޔާސީންވެރިންނަށް އޮތް ވަރަށް ވެސް މުހިއްމު ފިލާވަޅެކެވެ. އެ މީހުން ސިޔާސީ މައިދާނަށް ނިކުންނަންވާނީ އެމީހުންގެ އަމިއްލަ ނުވަތަ އެމީހުންގެ އާއިލާއާއި ރަހުމަތްތެރިންގެ ހަޔާތަށް އުފަލާ ބާއްޖަވެރިކަން ގެނެސް ދިނުމުގެ ބޭނުމެއްގައި ނޫންކަމެވެ. އެމީހުން ސިޔާސީ މައިދާނަށް ނިކުންނަން ވާނީ ޖަމާއަތުގެ އެންމެންގެ ހަޔާތްވެސް ބާއްޖަވެރި ކުރުވުމުގެ ނިޔަތުގައެވެ. އެ މަސައްކަތް ކުރާށެވެ. އޭރުން، އެމީހުންގެ އަމިއްލަ ހަޔާތާއި އަދި، އެމީހުންގެ ގާތް ތިމާގެ މީހުންނާއި ރައްޓެހިންގެ ހަޔާތާއި އަދި ޖަމާއަތުގެ އެންމެންގެ ހަޔާތް ވެސް ބާއްޖަވެރިވެގެން ދާނެއެވެ.

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.