Support Us

ކޮލަމް ކޯދު: ބުއްދިވެރި ބަސްކޮޅެއް

 

ތިރީގައި މިވަނީ އެކި މީހުން ބުނެފައިވާ ބުއްދިވެރި ބަސްކޮޅެކެވެ.

1. ގޮއްމުއްކަވައިގެން ހުރެ، އަތާއި އަތްޖޯޑުކޮށް ސަލާމެއް ނުކުރެވޭނެއެވެ. (އިންޑިޔާގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ އިންދިރާ ގާނދީ)

2. އަހަރުމެންގެ ދަރިންނަށް ހެޔޮ މުސްތަގުބަލެއް ލިބިދިނުމަށްޓަކައި އަހަރުމެންގެ މިއަދު ގުރުބާންކޮށްލަމާ ހެއްޔެވެ؟ (އަބުލް ކަލާމް، އިންޑިޔާގެ ކުރީގެ ރައީސެއް)

3. އެންމެ އުނދަގޫ އަމަލަކީ ކަމެއް ކުރުމަށް ނިންމައި އެކަން ކުރަން ފެށުމެވެ. ދެން އޮންނާނީ، ދޫނުކޮށް އެކަން ކުރުމުގެ ވާފަށުގައި ގަދައަށް ހިފަހައްޓައިގެން އެކަން ކުރުން މަތީދެމިހުރުމެވެ. އެކަން ކުރުމުގައި ކުރިމަތިވާ ބިރުހީވުންތަކަކީ ކަރުދާހުގެ ސިންގާތަކެކެވެ. ކަލޭ ކުރަން ނިންމާ ކޮންމެ ކަމެއް ވެސް ކަލެއަށް ކުރެވިދާނެއެވެ. ކަލޭގެ ހަޔާތް ބަދަލުކޮށް، ކަލޭގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ކަލެއަށް ފިޔަވަޅު އެޅިދާނެއެވެ. ދެން، އެ ފިޔަވަޅު އެޅުމުގެ ސީދާ ނަތީޖާއަކީ އެކަން ކުރަން އޮންނަ ގޮތާއި ކުރަން ޖެހޭ ކަންކަން ކުރެވިގެންދާނޭ ގޮތް ފަހިވުމެވެ. (އެމީލިއާ އިއަރހާޓް، އެމެރިކާގެ މަތިންދާ ބޯޑު ދުއްވާ މީހެއް)

4. އެހެން މީހަކާ ބެހޭ ގޮތުން ކަލޭ ގާތު މީހަކު ބުނާ އެއްޗެއްގެ އަޑު ނާހާށެވެ. މީހުންނާއި އަދި ކަންކަމާ ބެހޭ ގޮތުން ގޮތެއް ކަނޑައަޅައި ނިންމަން ވާނީ ކަލޭ އަމިއްލައަށެވެ. (ހެންރީ ޖޭމްސް، އެމެރިކާގެ ނަވާރަ ވަނަ ގަރުނުގެ ލިޔުންތެރިއެއް)

5. އުނގެނުމަކީ ސިކުނޑީގެ ހަކަތަ ދުވަހެއްގައި ވެސް ހުސްކޮށްލާ ކަމެއް ނޫނެވެ. (ލިޔޯނާޑޯ ޑާ ވިންޗީ، އިޓަލީ ވިލާތުގެ ފަނަރަ ވަނަ ގަރުނުގެ މައުސޫއީ އިލްމުވެރިއެއް)

6. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއީ އިބަރަސްކަލާގެ ސުލްހައިގެ ވަސީލަތެއް ކަމުގައި ލައްވަވާނދޭވެ! އެ ތަނެއްގައި ނަފުރަތާއި އަދާވަތްތެރިކަން އޮތް ތަނެއްގައި މިއަޅާއަށް ލޯބީގެ އޮށެއް އިންދޭނޭ ގޮތް މެދުވެރިކުރައްވާނދޭވެ! (އައްސީސީގެ ގިއްދީސް ފުރާންސިސް، އިޓަލީ ވިލާތުގެ ބާރަވަނަ ގަރުނުގެ ރާހިބެއް)

7. ރަނގަޅު ނިންމުންތައް ނިންމަން އެނގެނީ ތަޖުރިބާތަކަށް ފަހުގައެވެ. އަދި، އެ ތަޖުރިބާތަކުގެ ތެރޭގައި އެތައް ނުރަނގަޅު ނިންމުންތައް ވެސް ހިމެނޭއެވެ. (ވިލް ރޮޖާރސް، އެމެރިކާގެ ފިލްމު އުފެއދުން ތެރިއެއް)

8. ހެޔޮކަމުގެ އަމަލެއް، އެއީ ކިތަންމެ ކުޑަ އަމަލަކަށް ވިޔަސް، އެކަން، ދުވަހެއްގައި ވެސް، ބޭކާރުވެގެން ނުދާނެއެވެ. (އެއިސޮޕް، ޔޫނާނުގެ އެވޭލާ ޒަމާނުގެ އުސްތޫރީ ކުރު ވާހަކަ ލިޔުންތެރިއެއް)

9. ނުބައި ބަޔަކާ އެކުގައި ވުމަށް ވުރެ، އެކަނިމާއެކަނި ވުން ވެސް މާ ރަނގަޅެވެ. (ޖޯޖު ވޮޝިންޓަން، އެމެރިކާގެ ފުރަތަމަ ރައީސް)

10. ކަލޭގެ މޫނު، އަބަދުވެސް، އިރާ ދިމާއަށް ކުރިމަތިކޮށް ބަހައްޓާށެވެ. އޭރުން، ހިޔަނިތައް އެޅިފައި ހުންނާނީ ކަލޭގެ ފުރަގަހަށެވެ. (ވޯލްޓު ވިޓްމަން، އެމެރިކާގެ ޅެންވެރިއެއް)