Support Us

ޒަހާ ވަކިކުރީއެއް ނޫން، އިސްތިއުފާ ދެއްވީ: ރައީސް އޮފީސް

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން މިއަދު އިސްތިޢުފާދެއްވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

"އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

މީޑިއާގައި ކުރިން އަޑު ފެތުރިފައި ވަނީ އިހަކަށްރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުގެ އިސް ބޭފުޅަކު ފޯނުން ގުޅުއްވައި، ޒަހާ މަގާމުން ވަކިކުރެއްވިކަން އަންގަވާފައި ކަމަށެވެ.

ޒަހާ މަގާމުން ވަކިކުރެއްވީތޯ އެކަމަނާގެ އަރިހު "އަދިވެސް" އިން އިއްޔެ ދެންނެވުމުން އެ ސުވާލަށް އެއްވެސް ޖަވާބެއް ވަނީ ނުދެއްވައިފައެވެ. އަދި ޒަހާ މަގާމުން ވަކިކުރެއްވީތޯ ކަށަވަރުކުރަން ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒަށް "އަދިވެސް" އިން އިއްޔެ ދެންނެވުމުން ވެސް ވިދާޅުވީ "މިކަމުގައި އަދި އެއްވެސް ބަހެއް ނެތް" ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް