Support Us

ޑރ. ހުސެއިން ފިޝަރީޒަށް، ޝައުނާ އެންވަޔަރަންމަންޓް މިނިސްޓަރަކަށް

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ މަގާމަށް ޑރ. ހުސެއިން ރަޝީދު ހަސަން އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އާމިނަތު ޝައުނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޔަން ކުރައްވައިފިއެވެ.

މީގެ ތެރެއިން ޑރ. ހުސެއިން ކުރިން ހުންނެވީ އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގައެވެ. ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ.

ޑރ. ހުސެއިން ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޒަހާ ވަހީދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

"މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން މިއަދު އިސްތިޢުފާދެއްވައިފިއެވެ. އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އަހުމަދު ހަމްދާން ވަނީ އައްޔަން ކުރައްވައިފައެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް