ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، 601 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ބަލިފެތުރުމުގެ ނުރައްކާ އޮބިނޯވެ މައްޗަށް އަރައިފިއެވެ. މިއަދު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ އިއްޔެ، 585 މީހުންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 601 މީހުންގެ ތެރެއިން 440 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 141 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 1، ރިސޯޓުތަކުގައި 19 މީހުން އެބަތިއްބެވެ.
މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 31،931 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،340 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 6،508 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 181 މީހަކަށް ފަރުވާދެމުން އަންނައިރު 74 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.



advertisment