Support Us

ސުޕަރ މޯބައިލުން ވައްކަންކުރި މީހެއް އަތުން ފެނުނު ފޯނުތަކާއި ފައިސާގެ ވެރިފަރާތް ހޯދަނީ

މާފަންނުގައި ހުންނަ ސުޕަރ މޯބައިލް ފިހާރައިން ވައްކަންކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަނެފައިވާ މީހަކު، ވަގަށް ނަގައިފައިވާ ބައިވަރު ފޯނާއި އެކި ގައުމުތަކުގެ ފައިސާ އާއި އިތުރު ސާމާނުތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުންގެ ވެބްސައިޓުގައި އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ބޮޑުރަސްގެފާނުމަގުގައި ހުންނަ ސުޕަރ މޯބައިލް ފިހާރަ ތެރެއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މި މަހު 19 ވަނަ ދުވަހު ގެންގޮސްފައިވާ މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާ ކަަމަށް ބެލެވޭ 500 ޕާކިސްތާން ރުޕީސް، 100 ސްރީލަންކަން ރުޕީސް، 5 ޔޫރޯ، 1 ކުވައިތު ދީނާރު، 15 އޮސްޓްރޭލިއަން ޑޮލަރ، 1 ސައުދީ ރިޔާލް، 1 މެލޭޝިއަން ރިންގެޓް، 2 ސިންގަޕޯރ ޑޮލަރ، 11 ޔުއާން، 15،850 ދިވެހި ރުފިޔާ، 1 ރަން އަނގޮޓި، 1 ރަން ކެވެލި، 2 ރިހި އަނގޮޓި، 1 ރަން ފަށް، 1 ރިހި މަންޓާ، 1 ސެމްސަންގ ޓެބްލެޓް (ޖީޓީ 5100) އަޅިކުލަ، 1 އައިފޯން 8 ޕްލަސް (ކަޅުކުލަ)، 1 އެޕަލް އެއަރޕޮޑް (ހުދުކުލަ)، 1 ސެމްސަންގ ފޯން އޭ52 (ހުދުކުލަ)، 1 އައިފޯން 12 ޕްރޯ މެކްސް (ރޯސް ގޯލްޑް)، 1 އެޕަލް އެއަރޕޮޑް ޕްރޯ (ހުދުކުލަ)، 1 އެޕަލް ގަޑި ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށާއި އެ ކޭސްގެ އިންސިޑެންޓް ނަންބަރަކީ 484926 ކަމަށެވެ.

މީގެ އިތުރުން ވެސް ބައެއް ވައްކަންތަކުން އަތުލައިގަނެފައިވާ ސާމާނާއި ހޮވައިގެން ގެންގޮސްފައިވާ ފައިސާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • އެޕްރީލް 18 ވަނަ ދުވަހު ލޮނުޒިޔާރަތްމަގު އިހުސާން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަަމަށް ބެލެވޭ 1 ރައުޓަރ (ހުއާވޭ ބްރޭންޑް)، 1 ކަޓަރު، 1 ނަރުކެނޑި، 2 ދުނިކީސް، 2 ކަށިގަނޑު. އިންސިޑެންޓް ނަންބަރު 484875
  • އެޕްރީލް 19 ވަނަ ދުވަހު އޮލިމްޕަސް އޭޓީއެމް ތެރެއިން އާއްމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 5000 ރުފިޔާ. އިންސިޑެންޓް ނަންބަރު 484909
  • އެޕްރީލް 19 ވަނަ ދުވަހު ލޮނުޒިޔާރަތްމަގު ބިޒް މޯބައިލް ފިހާރަ ކައިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަަމަށް ބެލެވޭ މޯބައިލް ފޯނެއް (ހުއާވޭ ބްރޭންޑް). އިންސިޑެންޓް ނަންބަރު 484902

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް