ފަތާ ޓްރެކް ސަރަހައްދުގައި ހުރި ސައިކަލެއްގެ މަޑިދަށުން މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން، އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ވީޑިއޯ އިން، ޓްރެކް ކައިރީގައި ހުންނަ ފިއުލް ސަޕްލައިގެ ފާރުކައިރީގައި ޕާކުކޮށްފައި ހުރި ތިން ސައިކަލްގެ ތެރެއިން އެއް ސައިކަލްގެ މަޑިދަށަށް އަތްބާނައިގެން އޭނާ ފޯނު ނަގާތަން ފެނެއެވެ. ފޯނު ނަގަން އުޅުނުއިރު އެ ހިސާބުން މީހުން ދުއްވާތީ، ފައިކުރި އޮޅަން ކަމަށް ހަދައިގެން ގުދުވެ، އިށީނދެހަދާތަން ވެސް، ސްޓެލްކޯގެ ސީ.ސީ. ކެމެރާއަކަށް ރެކޯޑްވެފައިވާ އެ މަންޒަރުން ފެނެއެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481360 އެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment