Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: ޒިންމާއޭތޯއެވެ؟ މިކަމުގައި ޒިންމާ އުފުލާނީ ކާކު؟

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެ، އެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރެވި އޮންނަތާ މިއަދަށް ބަރާބަރު އެއް މަސް ހަމަވީއެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވެ، އެ މަގާމަށް މެމްބަރަކު އައްޔަންނުކުރެވި އޮންނަތާ މިއަދަށް 17 ދުވަސް ހަމަވީއެވެ.

ދައުލަތުގެ މިނިވަން މުވައްސަސާތަކުގެ މަގާމުތަކަށް މެމްބަރުން އައްޔަންކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަކީ ދައުލަތުގެ ޒިންމާއެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނު ބުނާގޮތުން، އިންފޮމޭޝަން ކޮމިޝަނަރާއި ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުޅުވާލާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެ ނަންތައް މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުން ނަން ފާސްކުރުމުން، މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.

ވީއިރު މަސް ދުވަސް ވެގެންދިޔައިރު، އައު އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަން ނުކުރެވިގެން މި އުޅެނީ ކީއްވެގެންބާވައެވެ؟ މިހާތަނަށް ކުރެވިފައިވާ މަސައްކަތް ތިރީގައި މި ވަނީއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ ގޮނޑި ހުސްވުން

  • 21 މާޗު 2021: އިންފޮމޭޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވި. މަގާމު ހުސްވެއްޖެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއުލާންކުރެއްވި.
  • 22 މާޗު 2021: އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލެއްވި. ދެއްވީ 9 ދުވަސް.
  • 21 އެޕްރީލް 2021: އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެފައި އޮންނަތާ ބަރާބަރު 1 މަސް ހަމަވެއްޖެ.

ބްރޯޑްކޮމްގެ މެމްބަރެއްގެ ގޮނޑި ހުސްވުން

ޖުމްލަ ހަތް މެމްބަރުން ހިމެނޭ، ބްރޯޑްކޮމްގެ މެންބަރެއްގެ މަޤާމުގެ 4 އެޕްރީލް 2021 ގައި ހަމަވާކަން އެނގުނީ ކުއްލިއަކަށް ނޫނެވެ. އެއީ އޭގެ ފަސް އަހަރު ކުރިއްސުރެ (5 އެޕްރީލް 2016 އިން ފެށިގެން) އެނގޭ ކަމެކެވެ.

އިސްވެ ދެންނެވި ފަދައިން ބްރޯޑްކާސްޓްކުރުމުގެ ގާނޫނު ބުނާގޮތުން މެމްބަރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލާން ހުޅުވާލާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާ ތަރުތީބުން އެ ނަންތައް މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުން ނަން ފާސްކުރުމުން، މަގާމަށް މެމްބަރު އައްޔަން ކުރައްވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.

ސުވާލަކީ ފަސް އަހަރު ކުރިއްސުރެ އެނގިގެން އައިސް، ބްރޯޑްކޮމް މެމްބަރެއްގެ މަގާމު ހުސްވެ، އާ މެމްބަރަކު އައްޔަންނުކުރެވި މިއަދަށް 17 ދުވަސް ވެފައި ވަނީ ކޮން ފަރާތެއްގެ އިހުމާލަކުންތޯއެވެ؟ ކަން ހިނގި ގޮތް ފެންނާން މި އޮތީއެވެ.

  • 14 މާރިޗު 2021: މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލެއްވި. ދެއްވީ 8 ދުވަސް.
  • 30 މާރިޗު 2021: މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި.
  • 31 މާރިޗު 2021: މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ދިރާސާ ކުރުމަށް މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވި.
  • 4 އެޕްރީލް 2021: މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވެ، އެ ގޮނޑި ހުސްވެއްޖެ.
  • 21 އެޕްރީލް 2021: މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ ގޮނޑި ހުސްވެފައި އޮންނަތާ މިއަދަށް 17 ދުވަސްވެއްޖެ.

އެކަމަކު މަޖިލިސްތެރެއިން އަބަދުވެސް އިވޭ އަޑަކީ މިވެނި ތަނެއްގެ މިވެނި މީހަކު އެ މީހެއްގެ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވިގެން މަގާމުން ވަކިކުރަންޖެހޭ ވާހަކައެކެވެ. އެކަމަކު ބޮޑެތި މުސާރަ އާއި އިނާޔަތްތައް ނަންގަވައިގެން ތިއްބަވާ ބޭފުޅުން، އެ ބޭފުޅުންގެ މަސްއޫލިއްޔަތާއި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރައްވާކަން ހަމަ، އެންމެ ކުޑަކުޑަ ދެ މިސާލުން ވެސް މިއޮތީ ފެންނަން ނޫންތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. Fiyaazge kureen hunnevi Commissioner ge maqaamuge mudhdhath hamvithaa Ethah mahehge fahun noonthoa maqaamah iulaanu kureeves. Mi sarukaarun qaanoonaa thabaavaakah nujeheyne. Super power means above the legal powers. Who cares who bothers?

  2. ޝިހީބު ތިދެ އްކެވީ މިސާލެއްނޫން. އެހެން މީހުން ފަހާ ދުވާ މީހުންގެ ކިބާގައި އުރަތްޕެއް ނެތްކަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *