މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި ބިދޭސީއަކު ފުލުހުން ހޯދަން ފަށައިފިއެވެ.
އެ މީހާގެ ފޮޓޯ އާންމުކޮށް ފުލުހުން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މާރާމާރީ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ހުސްވި މާރިޗު 29 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ބަށިމާވިލާގޭ ކައިރީގައި ހަދަމުންދިޔަ އިމާރާތެއްގެ ކައިރީގައި ދެ މީހަކު ވެގެން މާރާމާރީ ހިންގައި އަނިޔާ ލިބުނު ބިދޭސީ މީހާ ކަމަށެވެ. މިހާތަނަށް ކުރެވެނު މަސައްކަތުން އެމީހަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
"އެހެންކަމުން މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި، މި މައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483099 އެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment