Support Us

ސަޢޫދީން ހަދިޔާކުރި 25 ޓަނުގެ ކަދުރު ބަހާނެ އުޞޫލު އާންމުކޮށްފި

 

އަންނަ ރަމަޟާން މަހަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 25 ޓަނު (12,500 ޕަކެޓް) ކަދުރު ބެހުމުގެ އުޞޫލު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމުކޮށްފިއެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ސޮއިކުރައްވައި ރޭ އާންމުކުރެއްވި އުސޫލުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހު ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރަށް ޙަވާލުކުރި 25 ޓަނުގެ ކަދުރު ބަހާއިރު "ހަމައެކަނި ސަރުކާރުން ބަހާ އެއްޗެއްގެ ގޮތުގައި ނޫނީ ހާމަނުކުރުމަށް" ވަނީ އަންގަވައިފައެވެ.

ކަދުރު ބެހުމުގެ އުޞޫލު

  1. ކަދުރު ބަހާނީ 2020 (1441) ވަނަ އަހަރު ފަޤީރުންގެ ދަފްތަރުގައި ހިމެނިފައިވާ 10,944 މީހުންނަށް، ކޮންމެ ފަޤީރަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުން
  2. ކުޑަކުދިންގެ ހިޔާ
  3. ފިޔަވަތި
  4. ކ. ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
  5. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށް
  6. މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަޤީރުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައެވެ.
  7. ރާއްޖޭގެ އެހެން ސިޓީތަކުގައި ކަދުރު ބަހާނީ މި އުޞޫލާ އެއްގޮތަށް އެ ސިޓީ ކައުންސިލަކުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. ރަށްރަށަށް ކަދުރު ބަހާނީ، މި މިނިސްޓްރީން ކައުންސިލްތަކަށް ކަދުރު ޙަވާލުކުރުމުން، ކައުންސިލުތައް މެދުވެރިކޮށެވެ. މީގެ އިތުރުން، ރަށްރަށަށް ކަދުރު ގެންދިޔުމަށްޓަކައި ކުރަންޖެހޭ ދަތުރުފަތުރުގެ އެންމެހާ ޚަރަދުތަކާއި ނާލު ދައްކަންޖެހޭނީ ކައުންސިލުންނެވެ.
  8. ކަދުރު ބަހާނީ، ޢާންމުކޮށް އިޢުލާނެއް ކުރުމަށްފަހު
  9. މި އުޞޫލުގެ ދަށުން ބަހާ ކަދުރަކީ، ހަމައެކަނި ސަރުކާރުން ބަހާ އެއްޗެއްގެ ގޮތުގައި ނޫނީ ހާމަނުކުރުން
  10. މި އުޞޫލުގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެނަމަ އެކަމެއް ނިންމާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް