Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: މިވެސް، ބައެއް ފަހަރު ކަންތައްތައް ދިމާވާ ގޮތެވެ.

ކަލެއަށް ހެޔޮ އެދިގެން، ވަރަށް ރަނގަޅަކަށް ކަންތައް ކޮށްދޭން ވަރަށް ގިނަ މީހުން ބޭނުންވެދާނެއެވެ. އަދި، އެ ގޮތަށް ކަންތައް ކޮށް ދިނުމުގެ ނިޔަތުގައި، އެތަކެއް ފަހަރު، އުޅެފާނެ ވެސް މެއެވެ. ނަމަވެސް، އެނގިގެން ވިޔަސް ނޫނީ ނޭނގިވިޔަސް، އެކަމަށް ހުރަސް އަޅަނީ ހަމަ ކަލެއެވެ. ކަލޭގެ ތަބީއަތެވެ. ކަލޭގެ ކުށް ހީތަކެވެ. އެހެން މީހުންނާ ދޭތެރޭ ކަލޭގެ ހިތް ހެޔޮ ނުވުމެވެ. އަދި، އެކަމުގެ މައްޗަށް ބިނާކޮށް އެހެން މީހުންނާ ދޭތެރޭ ކަލެއަށް ކަންތައް ކުރެވޭ ގޮތެވެ. އެހެންވެ، މީސްތަކުން ކަލެއަށް ހެޔޮ އެދުނު ކަމުގައި ވިޔަސް، ކަލެއަށް ކަންތައް ކޮށްދޭން ބޭނުން ވިޔަސް، ކަލޭގެ އަމަލުތައް ހުންނަ ގޮތުން ކަލެއާ ކައިރިވާން ޖެހިލުންވެއެވެ!