ހުޅުމާލެ ތަރައްޤީ ކުރުމަށްޓަކައި ކުރީގެ ޕަބްލިކްވޯކްސް މިނިސްޓަރު އޮނަރަބަލް އުމަރު ޒާހިރު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް ޚާއްސަ ހަނދާނީ ފިލާއެއް އެ މަނިކުފާނަށް މިއަދު އަރުވައިފިއެވެ.
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މި ފިލާ އުމަރު ޒާހިރާ ހަވާލުކޮށްދެއްވީ އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހްމަދެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޒައާމަތުގައި، 16 އޮކްޓޫބަރު 1997 ގައި ހުޅުލޭ ފަޅުން ބިން ހިއްކަން ފަށައި، ދެވަނަ މާލޭގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަށް ހިންގި ބިޔަ ބޮޑު މަޝްރޫއުގައި އުމަރު ޒާހިރުގެ ހިއްސާ ބޮޑެވެ.




advertisment