އިންޑިއާގެ ކަނޑުގެ ލަޝްކަރު ހަތިޔާރާއެކު އުތުރު ތިލަފަޅުގައި 30 އަހަރު ދުވަހު ތިބެވޭ ގޮތަށް އިންޑިއާއާއެކު ރާއްޖެއިން ހަދައިފައިވާ އެއްބަސްވުމުގެ ޑްރާފްޓަކީ އޭނާ ލީކުކޮށްލި ސައްހަ ލިޔުމެއް ކަމަށާއި އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިސްތިއުމާރީ ގޮތުން އިންޑިއާއިން ރާއްޖެއަށް އަތްގަދަކުރުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑު އުފުއްލަވާ އުމަރުގެ ފޭސްބުކްގައި މިއަދު ވަނީ އަށް ސަފުހާގެ ޑްރާފްޓް އެގްރިމަންޓުގެ ކޮޕީ ލީކުކޮށްލައްވައިފައެވެ. އުމަރު ލީކްކޮށްލައްވާފައި ވަނީ މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން، ފޮރިން މިނިސްޓްރީ އަށް ކޮޕީކޮށް ޑިފެންސް މިނިސްޓްރީއަށް 22 ޖޫން 2020 ގައި ފޮނުވި ޑިޕްލޮމެޓިކް ކަވަރިން ނޯޓާވެސް އެކުގައެވެ. އެ ނޯޓު ބުނާ ގޮތުން އެގްރިމަންޓުގެ ކޮޕީ ފޮނުވީ ހަމައެކަނި ޑިފެންސް މިނިސްޓްރީއަށެވެ. ފޮރިން މިނިސްޓްރީ އަށް ފޮނުވީ ހަމައެކަނި ކަވަރިން ނޯޓެވެ.
އެއާއެކު ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ ދައުުރުވަމުންދާ ލިޔެކިއުންތަކަކީ ހަގީގަތާ ޚިލާފު، ދޮގު ކިޔެކިއުންތަކެއް" ކަމަށެވެ. އަދި "ދިވެހި ގައުމުގެ ސަލާމަތާއި ސިޔާދަތަށް ބުރޫއާނެ އެއްވެސް ކަމެއް އަސްކަރިއްޔާއިން ނުކުރާނެ" ކަމަށެވެ.
މި ކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް ދަށުދަރަޖައިގެ، ފިނޑި އަމަލެއް" ކަމަށެވެ.
Dhivehi askariyyaage isverinna havaalaadhee kamahbune haqeegathaa khilaafu dhogu khabaru fethurumakee balaiganeveyne kamehnoon. Siyaasee maqsadheh haasilukurumah Dhivehi sifainge aguvattaalan masahkayi kurumakee varah dhashudharajaige findi amaleh. ???????? https://t.co/qkSp5EyL7P
— Mariya Didi ???? (@MariyaDidi) March 15, 2021
އުމަރު ލީކޮށްލައްވާފައިވާ ޑްރާފްޓް އެގްރިމަންޓަކީ "ފޭކް އެގްރިމަންޓެއް" ކަމަށް އިންޑިއާ ހައިކޮމިޝަންގެ އިސް އޮފިޝަލަކުވެސް މިއަދު ވިދާޅުވިއެވެ.

ނަމަވެސް އުމަރު ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިއަދު އަޅުގަނޑު ލީކްކޮށްލި އެއްބަސްވުމަކީ ސައްޙަ ލިޔުމެއް" ކަމަށާއި "އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް" ކަމަށެވެ. އަދި އޭގެ އިތުރު ތަފްސީލް މާދަމާ ހާމަކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
މިއަދު އަޅުގަޑު ލީކް ކޮށްލި އެއްބަސް ވުމަކީ ސައްޙަ ލިޔުމެއް. އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް.
އިތުރު މަޢުލޫމާތު އިރާދަކުރެއްވިއްޔާ، މާދަމާ ޑީ،އެން،އޭ އިން ގެނެސްދޭނަން.
ޝުކުރިއްޔާ— Umar Naseer (@UmarNaseerMV) March 15, 2021
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރީ މިދިޔަ ފެބްރުއަރީ 21 ގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީ އާއި ކުއްލިއަކަށް ރާއްޖެ ވަޑައިގެންނެވި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރެވެ. ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައި ވަނީ އިންޑިއާ އިން ހުށަހެޅި ޑްރާފްޓް އެގްރިމަންޓުގައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. މި އެއްބަސްވުމުގެ ތަފްސީލް އެއްވެސް ފަރާތަކުން ހާމައެއް ނުކުރިއެވެ. ނަމަވެސް، އިންޑިއާގެ ސިފައިން ހަތިޔާރާއެކު އުތުރުތިލަފަޅުގައި ނުތިބޭނެ ކަމަށް އެމް.އެން.ޑީ.އެފުން އޭރު ވަނީ ބުނެފައެވެ.

ލީކުކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާގެ މިލިޓަރީ ފައުޖު ހަތިޔާރާއި އެފަދަ އާލާތާއެކު ޑިއުޓީ އަދާކުރުމަށް އުތުރު ތިލަފަޅުގައި 30 އަހަރު ތިބެވެންޖެހޭނެއެވެ.

މީގެ އިތުރުން އެގްރިމަންޓުގައި ސޮއިކުރުމާއެކު އެއްބަސްވުމަށް އަމަލްކުރަން ފެށޭނެ ކަމަށާއި އެއްބަސްވުމުގެ 30 އަހަރުގެ މުއްދަތު ހަމަވުމުން، ދެ ފަރާތުން އެހެން ގޮތަކަށް އެއްބަސްނުވެވޭ ނަމަ، އިތުރު 30 އަހަރަށް އެގްރިމަންޓު އޮޓޮމެޓިކުން އާވާނެ ކަމަށް ވެސް، 12 މާއްދާގެ މައްޗަށް އެކުލެވޭ އެ އެގްރިމަންޓުގެ އެންމެފަހު މާއްދާއެއްގެ ގޮތުގައި ހިމަނައިފައިވެއެވެ.
މި ޑްރާފްޓް އެގްރިމަންޓް ލީކުވުމާ ގުޅިގެން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިިލިސްގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ، އުތުރުތިލަފަޅު ތަރައްޤީކުރުމަށް ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވައި، އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ހުރިތޯ ބައްލަވައިދެއްވުން އެދިވަޑައިގެން ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފައެވެ.

"އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ވެފައިވާ އެއްބަސްވުންކަމަށް ބެލެވޭ ލިޔުމެއް މީޑިއާތަކަށްވަނީ ލީކުވެފައެވެ. ލީކުވެފައިވާ މިއެއްބަސްވުމަށް ބަލާއިރު ޤައުމީ ސަލާމަތަށް ނުރައްކާ ވާފަދަ އަދި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާފަދަ ގިނަގުނަ ކަންތައްތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމާގުޅިގެން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައެވެ. ވުމާއެކު، އުތުރުތިލަފަޅު ތަރައްޤީކުރުމަށް ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވައި، އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަންތައްތަކެއް ހުރިތޯ ބައްލަވައިދެއްވުން އެދެމެވެ." އިދިކޮޅު ޕީ.އެން.ސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
UTF agreement akee Raajjeyge minivankamaai siyaadhathah nurakkaa vaafadha agreement eh. Vaguthun uvaalanjeheyne! Qaumuge minivankan gelley fadha kankan kuraanee emme bodethi khaainun! Rayyithun dhuvahaku ves ma-a’afeh nukuraane! pic.twitter.com/3xJipJ35ao
— Adam Shareef Umar (@Adamshareefz) March 15, 2021



advertisment
3 Responses
ފޭކް އެއްޗެއް ކަމަށް ވާނަމަ، އަޞްލު އެގްރީމެންޓް، އެންމެ ކުޑަމިނުން 241 ކޮމިޓީއަށް ހުށަހަޅާން ނުކެރެނީ ކީއްވެ؟ އެއީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފު އެއްބްސްވުމެއް. ޢަމަލުކުރާން ނުޖެހޭނެ އެއްބސްވުމެއް. މިހާޜު މި ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާތީ ސަރުކާރުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް އަހުލިއްޔަތެއް ނެތް. މިހާޜު ވެރިކަމުގެ ބާރުތަކުގައި އެ ތިއްބަވަނީ ޚުދުމުޚުތާޜުކަމާއެކު މިޔަންމާރުގެ އަސްކަރީ ވެރީން ބާރުގައި ތިބި ގޮތަށް ބާރުގެ ބޭނުންކޮށްގެން. މިކަމަށް ސުޕްރީން ކޯޓުން ފިޔަވަޅު ނާޅާނަމަ އެ ކޯޓުގެ ފަނޑިޔާރުން ވެސް އެ ތިއްބެވީ ޤައުމަށް ޣައްދާރުވެގެން.
Maariyaa indiaa ah gos govaali kamakee raaje hifan, Maariyaa edhunu kanthah indiaain e kuranee.
މިއީ ވަރަށް ވިސްނަންޖެހޭ ކަމެއް، މިހާރު ފިޔަވަޅު ނާޅައިފިނަމަ ފޫބައްދަން އުނދަގޫ ވާނެކަމެއް.