Support Us

އެޑްވަޓޯރިއަލް

ތިމާގެ ހައްޓާއި ވެއްޓަށް އެންމެ ރަނގަޅީ ބެޓެރި!

ދިވެހި ރާއްޖޭގައި ނިސްބަތުން ބިމުގެ ޖާގަ ބޮޑުކަން ފާހަގަ ކުރެވޭ ރަށްތައް އަތުގެ އިނގިލި ތަކުން ގުނާލެވޭނެކަން ކަށަވަރެވެ. ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާއިރު ދިވެހި ރާއްޖޭގެ ފަދަ ނާޒުކު ޤައުމަކަށް ނިސްބަތްވާ ފަރުދެއްގެ ހައިސިއްޔަތުން ތިމާވެއްޓަށް ކިހާ ބޮޑު އަހައްމިއްޔަތުކަމެއް ދެވޭބާއެވެ؟

ކުޑައިރު ބައިސްކަލު ދުއްވި ހަނދާން އެބަހުރި ހެއްޔެވެ؟ ފޮތް ދަބަސް ކޮނޑުގައި އަޅައިގެން ގަޑި ޖެހޭތީ ފަޔަށް ލެވުނު ބާރެއް ލާފައި މަދަރުސާއާ ދިމާލަށް ދުއްވި ހަނދާން އަދި ނެތޭނެހެނެއް ހިޔެއް ނުވެއެވެ. ވެރިކަން ކުރާ ރަށް މާލޭގެ ވައި ކިލަނބުވެފައި ވަނީ ކިހާ މިންވަރަކަށް ތޯ އަންދާޒާ ކޮށްލުމަކީވެސް ދަތިކަމެކެވެ. ހިނދުކޮޅަކަށް ބޭރުތެރޭގައި އުޅެލާފައި އަންނައިރު ބޮލުގެ އިސްތަށިގަނޑުން ދުވާ ވަހުން ހީވާނީ މީން ޒަމާނަކު ފެންތިކެއްވެސް ވަރާފައި ނުވާހެންނެވެ. ނޭވާލާން ދަތިވެ ހަލަބޮލިވާ މިންވަރާ އަޅާ ބަލާއިރު އާދަޔާ ހިލާފަށް ހޫނު ގަދަވެ ދާހިތްލާ ގޮތް ވެއެވެ.

މި ހުރިހާ ނޭދެވޭ ކެމެއްގެ ފަހަތުގައި ވަނީ ތިޔަ ބޭފުޅުންނަށް ހީވާ ގޮތުގައި ކޮންކޮން ސަބަބު ތަކެއް ހެއްޔެވެ؟ މިއީ ވަރަށް ދިގުކޮށް އެކި ގޮތްގޮތަށް ދެކެވިދާނެ ވާހަކަ އަކާ މެދު ކުޑަވެސް ޝައްކެއް ނެތެވެ. އެހެން ނަމަވެސް ދުއްވާ އުޅަނދަކީ މި ދެންނެވި ކަންކަމަށް ވަރަށް ބޮޑަށް ޒިންމާވާނެ އެއްޗެހި ކަމަށް ތިޔަ އެންމެހާ ބޭފުޅުންވެސް އެއްބަސްވެވަޑައިގަންނަވާނެއެވެ.

ކަރަންޓުގެ އެހީގައި ކުރިއަށް ކަނޑާ އުޅަނދުފަހަރު އުފައްދައި، ޓެސްޓުކޮށް ދުނިޔޭގެ ބާޒާރަށް ނެރޭ މިންވަރު މި ވަނީ ވޭތުވެދިޔަ ދެތިން އަހަރެއްހާ ދުވަސް ތެރޭގައި ވަރަށް ބޮޑަށް އިތުރުވެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަން ފަށާފައެވެ.

ތިމާވެއްޓަށް ލޯބިކޮށް، ވެށި ހިމާޔަތް ކުރަންޖެހޭ މަސައްކަތުގައި ގިނަ ބޭފުޅުންނަށް ޝާމިލް ނުވެވޭ އެންމެ ބޮޑު އެއް ސަބަބަކީ އެކަންކަމަށް ވަގުތު ހުސްކޮށްގެން ބޮޑެތި ޤުރުބާނީ ތަކެއް ވާންޖެހުމެވެ. ބުރަ މަސައްކަތުގައި ގިނަ ބަޔަކު އުޅެމުން ދާއިރު ގިނަ ފަހަރަށް އަޅުގަނޑުމެންގެ އާއިލާއަށް ވަގުތު ނުދެވެއެވެ. އެހެން ކަމުން ހަފްތާ ބަންދުގައި ގިނަ ބަޔަކު ބޭނުންވާނީ ގޭގައި އާއިލާ އާއި އެކު ވަގުތު ހޭދަކުރުމަށެވެ. ނުވަތަ ތިމާގެ އަމިއްލަ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި ކުރަން ބޭނުންވާ ކަންކަން ކުރާށެވެ. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ.

މިހާރު ދުވާލުގެ ބުރަކަމުގެ ތެރޭގައިވެސް ވެށި ހިމާޔަތް ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ދުއްވާ އުޅަނދަށް ކުޑަކުޑަ ބަދަލެއް ގެނެސްގެންނެވެ. ތެލުން ކަރަންޓަށް ބަދަލު ކޮށްލުމުން ވެށިން އެކަން ފާހަގަވާނެކަން ޔަގީނެވެ.

މިވަގުތު ރާއްޖެއިން ލިބެން ހުރި ބެޓެރި އުޅަނދުފަހަރަކީ ކޮބައިތޯއެވެ؟ ތި ސުވާލުގެ އެންމެ ފަސޭހަ ޖަވާބު ލިބޭނީ މަޝްހޫރު ލޮޓަސް ބައިކްޝޮޕުންނެވެ. ފަހަރުގައިވެސް މިއީ ލިޔުމުގައިވާ ކުށެއް ނޫނެވެ. މަޝްހޫ ލޮޓަސް ފިހާރައިގެ އެއްގަމު އުޅަނދަށް ހާއްސަ ކުރެވިފައިވާ ފިހާރައެއް ބުރުޒުމަގު، އަޙްމަދިއްޔާ ސްކޫލު ދޫކޮށް ކުޑަ ތަންކޮޅަކަށް ހިނގާލާއިރު ކަންމައްޗަކަށް ހުންނާނެއެވެ.

އެ ފިހާރައިން މިވަގުތު ލިބެން ހުރި ބެޓެރި ސައިކަލާއި ބައިސްކަލު ފަދަ އުޅަނދުފަހަރު އަޅުގަނޑުމެންވެސް ބަލާލީމުއެވެ.

 ޒީވޯކު ZJ1    

ރަޖިސްޓްރީގެ ފީއާއި އެކު އެންމެ 6،500 ރުފިޔާ އަށް ލިބޭ މި ބެޓެރި ބައިސްކަލަކީ ގޭ ތިރީގައި ޗާޖަށް ޖަހާލަން ކިރިޔާވެސް ޖާގައެއް ލިބެން އޮތް ނަމަ ސައިކަލެއް ހުއްޓަސް ގަންނަން ހަމަ ސަތޭކައިގެ ބައިސްކަލެކެވެ. ހެނދުނު ގަޑީގައި ބޭރަށް ނުކުމެ ހިތްހަމަ ޖައްސާލަން ދުއްވާލާއިރު ގައިން ކުޑަ ހަކަތައެއް މެނުވީ މި ބައިސްކަލަކަށް ބޭނުމެއް ނުވާނެއެވެ.

މި ބައިސްކަލަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭނީ ބެޓެރިން ކަމުން އިންޖީނުން އިވޭފަދަ އެއްވެސް އަޑެއް ނީވޭނެއެވެ. އަދި ފައިން ފުރޮޅު އަނބުރާލަން އެދޭކަމުގައި ވާ ނަމަ އެކަންވެސް ކުރެވޭނެއެވެ. ހައްޓަށް ކުޑަ ނަމަވެސް ކަސްރަތެއް ދޭން މިއީ ވަރަށް ހިތްފަސޭހަ ގޮތެކެވެ.

ބާޒާރުކޮށްލަން ދާއިރު ކޮތަޅުތައް ފަސޭހަކަމާއެކު ބަހައްޓާލެވޭ ގޮތަށް ވަށިގަނޑެއްވެސް މި ބައިސްކަލުގައި ހަރުކުރެވިފައި ހުރެއެވެ. އަދި ފަސިންޖަރަކަށް އިށީނދެވޭ ގޮތަށް ފަހަތުގައި ދެވަނަ މަޑިއެއްވެސް ހުންނާނެއެވެ. ދަރިފުޅު ސްކޫލަށް ލާން ދާންވެސް ކިހާ ފަސޭހާވާނެތޯއެވެ؟

  • 5-8 ގަޑިއިރު ތެރޭގައި ޗާޖު ކޮށްލެވޭނެ.
  • 150-180 ކިލޯގެ ބަރުދަން އުފުލޭނެ.
  • އެއް ޗާޖުން 45 ކިލޯމީޓަރަށް ދުއްވާލެވޭނެ.
  • ފްރޭމް: ކާބަން އިސްޓީލް ދަގަނޑު
  • ސްޕީޑް: 45 ކިލޯމީޓަރާ ހަމައަށް

ޒީވޯކު Z31   

މިއީ ލޮޓަސް ބައިކްޝޮޕުން މިވަގުތު ލިބިވަޑައިގަންނަވާނެ ގެންގުޅެލަން އެންމެ ފަސޭހަ ބައިސްކަލެވެ. އެއީ ކީއްވެތޯއެވެ؟ އެންމެ 45 ކިލޯގެ މި ބައިސްކަލު ބަހައްޓަން ގޭތެރޭގައި އެއްވެސް ޖާގައެއް ނެތަސް މި ބައިސްކަލު ގެންގުޅެން އެއްވެސް ދައްޗަކާއި ކުރިމަތިލާކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އިހުގެ ނޮކިޔާ ފޯނެއްގެ ބެޓެރި ނައްޓާލެވޭހާ ފަސޭހަ ކަމާއެކު މި ބައިސްކަލުގެ ބެޓެރި ނައްޓާލައިގެން ޗާޖު ކޮށްލެވޭނެއެވެ. ގޭގެ އެއްވަނަ ފަންގިފިލާ ކީއްކުރަންތޯ ދިހަ ވަނަ ފަންގި ފިލަޔަށްވެސް އަރުވަން ވީނުންތޯ؟

ނިދާ ގަޑީގައި ފޯނު ޗާޖަށް ޖަހާލާ އުސޫލުން ހަމަ ޖާޖު ކޮށްލަންވީ އެވެ. އޮފީސް ޑެސްކު މަތީގައިވެސް ނުވަތަ ތިރީގައިވެސް ޗާޖު ކޮށްލަންވީއެވެ.

  • 5-8 ގަޑި އިރު ތެރޭގައި ޗާޖު ކޮށްލެވޭނެ.
  • 150-180 ކިލޯގެ ބަރުދަން އުފުލޭނެ.
  • އެއް ޗާޖުން 45 ކިލޯމީޓަރަށް ދުއްވާލެވޭނެ.
  • ފްރޭމް: ކާބަން އިސްޓީލް ދަގަނޑު
  • ސްޕީޑް: 45 ކިލޯމީޓަރާ ހަމައަށް

ބެޓެރި ނައްޓާލައިގެން ޗާޖުކޮށްލެވޭނެ!

މި ބައިސްކަލުގެ އަގަކީ ރަޖިސްޓްރޭޝަން ފީ އާއި އެކު އެންމެ 7،500 ރުފިޔާއެވެ.

ޒީވޯކު Z2    

އެންމެ 5-8 ގަޑިއިރު ތެރޭގައި ޗާޖު ކޮށްލައިގެން 40 ކިލޯމީޓަރަށް ދުއްވާލެވޭ މި ސައިކަލުގެ ބެޓެރިއާއި އެކު ބުރަދަނަކީ އެންމެ 50 ކިލޯއެވެ. 40 ކިލޯމީޓަރަކީ މާލޭ ވަށާ ދުއްވިޔަސް ކިތައް ބުރުތޯއެވެ؟ އާނމުކޮށް މަގުމަތީގައި ދުއްވާ ޕެޓްރޯލް އިންޖީނުލީ އެންމެ ނިސްބަތުން ކުޑަ ސައިކަލުވެސް ޒީވޯކުގެ މި ސައިކަލާ އަޅާ ކިޔާއިރު އެތައް ގުނައެއް ބަރުދަން އިތުރުވާނެއެވެ.

ލުއި ނަމަވެސް ގަޑިއަކު 40 ކިލޯމީޓުގެ ހަލުވިކަމާއެކު މި ސައިކަލު ދުއްވޭނެއެވެ. ބޮޑު ވަށިގަނޑެއް ކުރިމަތީގައި ހަރުކުރެވިފައި ހުންނަ އިރު ފަހަތުގައި ފަސިންޖަރެއްގެ ޖާގަވެސް ހިމެނެއެވެ.

އިސްކޮޅުން ކުރުކޮށް ފަރުމާ ކުރެވިފައިވާ މި ބައިސްކަލަކީ އުމުރުން ދުވަސްވީ ބޭފުޅުންނަށްވެސް ވަރަށް ފަސޭހަ ކަމާއެކު އަރާ ފައިބާ ހެދޭގޮތަށް ފަރުމާ ކުރެވިފައިވާ ބައިސްކަލެކެވެ.

ރަޖިސްޓްރޭޝަން ފީ އާއި އެކު މި ބައިސްކަލުގެ ޖުމްލަ އަގަކީ އެންމެ 7،500 ރުފިޔާއެވެ.

  • 5-8 ގަޑި އިރު ތެރޭގައި ޗާޖު ކޮށްލެވޭނެ.
  • 150-180 ކިލޯގެ ބަރުދަން އުފުލޭނެ.
  • އެއް ޗާޖުން 45 ކިލޯމީޓަރަށް ދުއްވާލެވޭނެ.
  • ފްރޭމް: ކާބަން އިސްޓީލް ދަގަނޑު
  • ސްޕީޑް: 40 ކިލޯމީޓަރާ ހަމައަށް

ހަލްކު ރަށު ޕިކަޕު

މިއީ ތިން ފުރޮޅު ލީ އުޅަނދަކަސް މުދާ އުފުލުމުގައި ކުދި ޕިކަޕުތަކަށް ދޫކުރާ އެއްޗެއް ނޫނެވެ.

ރަށު ޕިކަޕުގެ ދެ ސައިޒެއެ ލޮޓަސް ބައިކް ޝޮޕުން ލިބޭން އެބަހުއްޓެވެ. އެއީ 1 ޓަނުގެ ޕިކަޕާއި 1.5 ޓަނުގެ ޕިކަޕެވެ.

މިއީވެސް ބެޓެރިން ހަކަތަ ބޭނުންކުރާ އަޑު މަޑު އަދި އެހާމެ އަތަށް ލުއި އުޅަނދެކެވެ. ހަމަ ސައިކަލެއް ދުއްވުން ފަދައެވެ.

ރަށްރަށުގައި މުދާ އުފުލަން ވެއްޓާ ރަހުމަތްތެރި އަދި ވެއްޔަށްވެސް ހަމަ ބަރާބަރެވެ.

  • މުދާ އަރުވާ ޖާގަ
  • 5 ޓަނު: ދިގުމިނުގައި 5 ފޫޓު، ފުޅާ މިނުގައި 3 ފޫޓު.
  • 1 ޓަނު: ދިގުމިނުގައި 4 ފޫޓު، ފުޅާމިނުގައި 3 ފޫޓު.
  • ބެޓެރި:
    • 5 ޓަނު: 2200 ވޯޓު (32 އެމްޕަޔަރު)
    • 1 ޓަނު: 1200 ވޯޓު: (20 އެމްޕަޔަރު)
  • ޗާޖު ކުރުމަށް ހޭދަ ވާނީ 8 ގަޑި އިރު. އެއް ޗާޖުން 40 ކިލޯމީޓަރަށް ދުއްވާލެވޭނެ.

ހަލްކު ރަށު ޕިކަޕުގެ އަގުތައް:

  • 5 ޓަނު: 27,500 ރުފިޔާ
  • 1 ޓަނު: އެންމެ 19,500 ރުފިޔާ

ޒަމާން ބަދަލުވަމުން އަންނަ ވަރަކަށް ހެލިވެލިވެ އުޅޭ ހަލުވިކަމަށްވެސް ބަދަލު އަންނާނެއެވެ. އުފުލަން ޖެހޭ ބަރުދަންވެސް އިތުރު ވާނެއެވެ. އިހުގައި ބަރޯ ހިފައިގެން ގޮސް މާލެ އިން ފޮނުވާ މުދާތައް ގެއަށް ގެންގޮސް ހެދިހެން މިހާރު ނިންމާލެވޭކަށް ނެތެވެ. އާއިލާ މީހުން ރަށުން ބޭރަށް ގޮސް އަންނަ ިރު ގެންނަ ހަދިޔާ ކޮޅުވެސް އެހާމެ ބަރެވެ. ހިތްފަސޭހަ ވެއްޓެއްގައި ހުންނަ ދަތިތައް ފިލުވަން ބޭނުން ކުރަން އެންމެ ރަނގަޅީ ހިއްފަސޭހަކަން އެ އެއްޗަކާ ހެދި ނުގެއްލޭ ފަދަ އެއްޗެއްސެވެ.

އަޅުގަނޑުމެންގެ ދަރިން މިއަދު ގޭގެ ދޮރުމަތީގައި ފައިގަ ތަޅާ ކުޅޭ މަންޒަރު ނުފެންނަ ހަމަ އެކަނި ސަބަބަކީ އެކުދިން ޓެކްނޮލޮޖީއަށް ގޮސް ހުސްވުމެއްވެސް ނޫނެވެ. ދުއްވާ އެއްޗެއްގައި ޖެހި އެ ކުދިންނަށް އަނިޔާއެއް ދިމާވެދާނީ އެވެ. ބިމުގެ ޖާގަ ކުޑަ ތަންތާގައި ބާރަށް ދުއްވުމަކީ އެއްގޮތަކަށްވެސް ކުރަން މަޖުބޫރު ކަމެއް ނޫނެވެ. ވަގުތު އޮއްވާ ތަންތަނަށް ދާން ގެއިން ނުކުންނަން އާދަ ކުރަންވީއެވެ. ބެޓެރި އުޅަނދުފަހަރުގެ ދުވެލި މި ޖާގައަށް މާ ބޮޑަށްވެސް ފުދޭނެއެވެ.

ހަރަދުގެ ގޮތުން އަޅާކިޔާ ނަމަވެސް ބޭޓެރި އުޅަނދު ގެންގުޅެން މާބޮޑަށްވެސް ޖީބަށް ލުއިވާނެއެވެ. ސަބަބަކީ ފަހުގެ ބެޓެރިތައް ފަރުމާކުރެވިފައި ހުންނަނީ ކުޑަ މިންވަރަކަށް ކަރަންޓު ބޭނުންކޮށްގެން ޗާޖު ކުރެވޭގޮތަށް ކަމަށް ވާތީއެވެ.

ލޮޓަސް ބައިކްޝޮޕުން މި ދެންނެވި އުޅަނދުފަހަރުގެ އިތުރުން ކުޑަ ކުދިންނަށް ދުއްވޭ ކާރާއި ބައިސްކަލުގެވެސް އެކި ވައްތަރު ލިބެން އެބަހުއްޓެވެ. އަދި މި ފިހާރައަކީ ކަސްޓަމަރުންނާއި ރަހުމަތްތެރި ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރާ މުވައްޒަފުން މަސައްކަތް ކުރާ ތަނެއްކަންވެސް ފާހަގަކޮށްލާނަމެވެ.

ލޮޓަސް ބައިކްސޮޕް ހުންނާނީ ބުރުޒުމަގާއި ނިކަގަސް މަގު އެއްވާ ކަންމަތީގައެވެ.

  • އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: 7530253، 9555520 އަދި 7425552 އަށް