ފަތިހު ތިޔަ ކިއާ ލަވަ މިއަދު ވެސް އިވިއްޖޭ
ދަތިވެ ހިތް، މިލުން ނޫން ކަމެއް އަދު ނެތިއްޖޭ
މި ހުރިހައި ދުވަހު މާމުއަށް ވީ އަޑުން ރަން
ރިހުން އަދު އުފައްދައިފިއޭ، ލޯ ތެމިއްޖޭ
ހިތަށް ތޫނު ކަށިތައް މިހެން އަދު މި ހެރެނީ
އެތައް ދުވަހެކޭ އަޑު ކަނޑަށް ލޮނު ގިރިއްޖޭ
ކުރިން ކޮންމެ ފަތިހެއް ވެއޭ އަލި އަޑުން ތިޔަ
ފުރިން މޭ އަލީން ތިޔަ އެ އަލި އަދު ނިވިއްޖޭ
ފަތިހު ލަވަކިއައިދޭ ކޮވެއްޔާ! ކޮބައިހޭ-
ފަތިސްތައް އުފާވެރި؟ މިއަދު ހިތް ފެޅިއްޖޭ
ކިއާ ލަވަ ބަދަލުވީ ގޮތެއް ބުނެބަލާށޭ!
ދިއައިހޭ ހަނދާނުން އެ ލަވަތައް؟ ގެނބިއްޖޭ!
***
އަދާ އިއްޔެއާ ވެސް މަގޭ ލަވައަކީ މީ!
ތަދާ ވޭން ދެއޭ އަދު، ބުނީމާ އޮޅިއްޖޭ!
މި އަޑުގައި ތަފާތެއް ނެތޭ ބަލަގަ ޝާހިދު!
މިއަދު އަޑުއަހާ ގޮތް ތަފާތީ! ރޮވިއްޖޭ!
