ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ހަފުތާއެއްހާ ދުވަހު ދަށުގައި އޮތުމަށްފަހު މިއަދު އަނެއްކާ ވެސް 150 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު ޕޮޒިޓިވްވި 150 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ފެނުނު 62 މީހަކާއި ރިސޯޓް/ އަތޮޅުތެރެއިން ފެނުނު 88 މީހުން ކަމަށެވެ.
ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ދަށުގައި އޮތުމަށްފަހު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވެސް ވަނީ 110 މީހުން ޕޮޒިޓިވްވެފައެވެ.

މިއަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 12،758 އެވެ. މީގެ ތެރެއިން 11،615 މީހުން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މި ވަގުތު 1،090 އެކްޓިވް ކޭސް އެބަތިއްބެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގައި ތިބި 92 މީހުންނާއި އައިސޮލޭޝަން ފެސިލިޓީސްގައި ތިބި 342 މީހުން ހިމެނެއެވެ.
ކޮވިޑް19ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 46 އެވެ.



advertisment
One Response
ޕީޕީއެމުން މުޒާހަރާއެއް ކުރާން ނިންމީތަ އަނެއްކާ؟ ޔަގީން މި ކޮވިޑަކީ ވެސް މި ސަރުކާރުން ބުނާ ގޮތަކަށް މީހުންގެ ގަޔަށް އަރާ އެއްޗެއް. މައިމޫނާ ޚާއްޞަ ހުއްދައެއް ދޭ މީހުން ނޫނީ ކޮވިޑުން ސަލާމަތެއް ނުވާނެ. އަޅެ މައިމޫނާ ވެއްޖެއްނު އާދައިގެ ރައްޔިތުންނަށް ވެސް ތިޔަ ޚާއްޞަ ހުއްދައެއް ދޭން.