ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް "ރާސްތާ" ދޯނީގެ ގޭސްފުޅި ލީކުވެފައިވަނިކޮށް އުނދުން ރޯކުރުމުން ހުޅުފަޅައިގެން ގޮސްގެން އެ ދޯނީގެ ހަތަރު ފަޅުވެރިއަކު ފިހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މި އަލިފާނުގެ ހާދިސާގެ ރިޕޯޓް ރޭ 12:30 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ އެ ދޯނީގައި ރޯވެފައިވާ އަލިފާން ވަނީ ނިއްވާލާފައި ކަމަށެވެ.
"މި ދޯނީގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅިން ގޭސް ލީކުވެފައި ވަނިކޮށް އުނދުން ރޯކުރުމުން ހުޅު ފަޅައިގެން ގޮސްގެން ކަމަށް މިހާތަނަށް ބެލިބެލުމުން ވަނީ އެނގިފައިވެއެވެ." އެމްއެންޑީއެފުން ބުންޏެވެ. "މި ހާދިސާގައި އެ ދޯނީގައި ތިބި ދިވެހި، ހަތަރު ފަޅުވެރިއަކު ވަނީ އެކިވަރަށް ފިހިފައެވެ. އަދި އެމީހުންނަށް ފަރުވާ ދެމުން ގެންދަނީ ގދ.ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ."



advertisment