ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތެއްގައި ތޮޔެ ނަގާނެ ގޮތުގެ ފަރިތަކުރުންތަކެއް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންގޮސްފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑް "ޓްރޭނިންގ ޑޭ"ގެ ނަމުގައި، ހުޅުމާލޭ ކޯސްޓްގާޑުގެ ސަރަހައްދުގައި ކުރިއަށްދިޔަ މި ތަމުރީނުގައި ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ލިބެންހުރި ވަސީލަތްތަކާއި އިކުއިޕްމަންޓްސްތައް ބޭނުންކޮށްގެން އެ ތޮޔެ ނަގާނެ ގޮތުގެ ފަރިތަކުރުންތަކާއި ތެޔޮ ނެގުމަށްފަހު ބޭނުންކުރި އިކުއިޕްމަންޓްސްތައް ދޮވެ ސާފުކޮށް ސްޓޯކުރާނެ ގޮތުގެ ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދިޔަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ތަމްރީނުގައި ކޯސްޓްގާޑުގެ އޮފިސަރުންނާއި އެ ޔުނިޓްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.



advertisment