Support Us

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން... -ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާޕޯޓް ރައީސް ހުޅުއްވައިދެއްވައިފި

ސަރުކާރުން ހއ. ހޯރަފުށީގައި ތަރައްޤީކޮށްފައިވާ އެއާޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި އެ މަނިކުފާނު ހޯރަފުށްޓަށް ކުރެއްވި ޒިޔާރަތުގައި ވެވަޑައިގެންނެވި ވަޢުދެކެވެ. މިއީ ތިލަދުންމަތީ އުތުރުބުރީގައި ތަރައްޤީކުރި ފުރަތަމަ އެއާޕޯޓެވެ. މި އެއާޕޯޓު ތަރައްގީކޮށްފައި ވަނީ ހޯރަފުށީ ފަޅުން ބިން ހިއްކައިގެންނެވެ. އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ހޯރަފުށީ ފަޅުން ބިން ހިއްކަން ފެށީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ މިއަދު ހޯރަފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެރަށު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އިންތިޒާމްކުރި ޖާފަތެއްގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމީޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ބޭރު ޤައުމުތަކުން ސީދާ އެކި އަތޮޅުތަކަށް މުދާ ގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް، ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމުގައެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަނެއް ތަރައްޤީވެ ކުރިއަރައި ދިއުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރު ކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮތުން ކަމުގައި ވިދާޅުވިއެވެ. އެ ގޮތުން ހދ. ކުޅުދުއްފުއްޓާއި އިންޑިޔާގެ ކޮޗިންއާ ދެމެދު، މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމަށް ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާ، މި ސިލްސިލާގެ ދަށުން އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަން އެ މަނިފާނު ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތެއްގެ އިތުރުން ފަސޭހަކަމާއެކު މުދާ އުފުލޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ، އިގްތިޞާދީ ޙަރަކާތްތައް އިތުރުކޮށް ސަރަޙައްދީ ތަރައްޤީ ގެނައުމަށް ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެ ގޮތުން ސަރުކާރުގެ އަމާޒަކީ މީހުން އުޅޭ ކޮންމެ ރަށަކުން ވެސް، ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި އެއަރޕޯރޓެއް އޮންނަ ގޮތަށް، ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން މުޅި ރާއްޖެ ގުޅައިލުންކަމަށާއި، އެއަރޕޯރޓްތަކާއި ކައިރީގައިވާ އެހެން ރަށްތައް ވެސް ރަނގަޅު ފެރީ ވިއުގައަކުން ގުޅައިލުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ތަފްޞީލު ކޮށްދެއްވަމުން އެމަނިކުފާނު ވަނީ، މިއަދު މި ހުޅުވުނީ ހޯރަފުށީ އެއާޕޯޓް ކަމުގައި ވީ ނަމަވެސް، ޙަޤީޤަތުގައި މިއީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އެޅި ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެ ގޮތުން މި އެއާޕޯޓަކީ، މުޅި އިހަވަންދިންޕޮޅު ތަރައްޤީކުރުމުގެ ފެށުން ކަމަށާއި ތުރާކުނާއި އުލިގަމާއި މޮޅަދުއާއި އިހަވަންދޫ އަދި ތަކަންދޫ މާރަންދޫގެ ރައްޔިތުން ވެސް އުންމީދުކުރަމުން ދިޔަ ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަޞީލަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

މުޅި ރާއްޖެ ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ވިއުގައަކުން ގުޅައިލުމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލެ ނޫން ސަރަޙައްދުތަކަށް ވެސް ރާއްޖެއިން ބޭރުން ދަތުރުވެރިންނަށް އާދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންގުޅޭ ރޭވުންތައް ޙިއްޞާކުރައްވާފައެވެ. މި ގޮތުން ހަނިމާދޫގައި މުޅިން އައު ބައިނަލްއަޤްވާމީ އެއާޕޯޓެއް ބިނާކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށާއި، އެ މަސައްކަތް ނިމުމުން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނަށް ސީދާ ބޮޑު ތިލަދުންމައްޗަށް ދަތުރުކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އައްޑޫ އެއާޕޯޓް އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޙިއްޞާ ކުރައްވާފައެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުއްވައިދެއްވުމުގެ ރަސްމީޔާތުގެ ތެރެއިން… -ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މިރޭ އިރާކޮޅު ވަނީ އެނބުރި މާލެ ވަޑައިގަންނަވައިފައެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *