Support Us

ސަރުކާރަށް ދެ އަހަރުވީއިރު ގައުމު ބަނގުރޫޓުވެ ވައްކަން އިންތިހާއަށް ހިނގައްޖެ: އަބްދުއްރަހީމް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިއަދު ދެ އަހަރުވީއިރު ގައުމު ބަނގުރޫޓުވެ، މިނިވަންކަން ގެއްލި، އިސްލާމްދީން ނިކަމެތިކޮށް، ޢަދުލު އިންޞާފު ގެއްލި، އަނިޔާވެރިކަން ޢާންމުވެ، ވައްކަން އިންތިހާއަށް ހިނގައްޖެ ކަމުގައި އިދިކޮޅު ކޯލީޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމު މިހެން ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ދެ އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ދައުލަތުގެ މީޑިއާ އާއި ސަރުކާރަށް ތާއީދުކުރާ މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ތަފާތު ހަރަކާތްތައް ހިންގަމުން ދަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ސަރުކާރަށް 2 އަހަރުވީ އިރު ގައުމު ބަނގުރޫޓުވެއްޖެ.ރައްޔިތުން ބިކަވެއްޖެ.ޒުވާނުން މަގުމަތިވެއްޖެ.މިނިވަންކަން ގެއްލި އަޅުވެތިވެއްޖެ.އިސްލާމްދީން ނިކަމެތިކޮށްފި.ލާދީނިއްޔަތަށް މަގު ފަހިކޮށްފި.ޢަދުލު އިންޞާފު ގެއްލިއްޖެ.އަނިޔާވެރިކަން ޢާންމުވެއްޖެ.ވައްކަން އިންތިހާއަށް ހިނގައްޖެ.

އަބްދުއްރަހީމުގެ އިތުރުން ވެސް އިދިކޮޅު ޕީ.ޕީ.އެމް/ ޕީ.އެން.ސީ އަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ، ރައީސް ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރު ބަދަލުކޮށް، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގައި ހުވާކުރެއްވި އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސަބަބުން ގެއްލިގެން ދިޔައީ ބޭކާރު ދެ އަހަރު ކަމަށް ބުނެ މީސްމީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *