ކޮވިޑް19 ޖެހޭ މީހުންގެ އަދަދު ވަރަށް ދަށުގައި އޮތުމަށްފަހު މިއަދު އަނެއްކާ ވެސް 110 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު ޕޮޒިޓިވްވި 110 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަހައްދުން ފެނުނު 86 މީހަކާއި ރިސޯޓް/ އަތޮޅުތެރެއިން ފެނުނު 24 މީހުން ކަމަށެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 12،314 އެވެ. މީގެ ތެރެއިން 11،316 މީހުން ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި މި ވަގުތު 947 އެކްޓިވް ކޭސް އެބަތިއްބެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގައި ތިބި 59 މީހުންނާއި އައިސޮލޭޝަން ފެސިލިޓީސްގައި ތިބި 277 މީހުން ހިމެނެއެވެ.
ކޮވިޑް19ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދަކީ 44 އެވެ.



advertisment