Support Us

އެމް.އީ.ސީ ބަދަހި ކަޕް 2020ގެ މެޗުތަކުގެ ތެރެއިން... -އަދިވެސް ފޮޓޯ:

‎އައްޑޫ ސިޓީ މީދޫ ނެޓްބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗުތައް މާދަމާ ރޭ

‎އައްޑޫ ސިޓީ މީދޫގައި ކުރިއަށްދާ މުއައްސަސާތަކުގެ ނެޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި، ޕޮލިސް ރެކްރިއޭޝަނާއި ޝަރީފީ ޕްރީ ސްކޫލްގެ ހުދުހުދު ޓީމު އަދި ދެ ވަނަ މެޗުގައި ހުޅުދޫ ޔޫތު ސެންޓަރާއި ޓީމު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މާދަމާ ރޭ ވާދަކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމް.އީ.ސީ ބަދަހި ކަޕް 2020ގެ މެޗުތަކުގެ ތެރެއިން… -އަދިވެސް ފޮޓޯ:
ހުޅުދޫ މީދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން، މީދޫ އެކުވެރިންގެ ޗޭނުގެ ފަރާތުން ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މި މަހުގެ 11 ދުވަހު ފެއްޓި "އެމް.އީ.ސީ ބަދަހި ކަޕް 2020″ގެ ސެމީފައިނަލްގެ ފުރަތަމަ މެޗު ފަށާނީ މާދަމާރޭ 8 ޖަހާއިރުއެވެ. ދެވަނަ މެޗު 9 ޖަހާއިރު އެވެ. މި ދެ މެޗުން މޮޅުވާ ދެ ޓީމު ފައިނަލްގައި ބައްދަލުުކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ.
އެމް.އީ.ސީ ބަދަހި ކަޕް 2020ގެ މެޗުތަކުގެ ތެރެއިން… -އަދިވެސް ފޮޓޯ:

މި މުބާރާތުގައި މުޅިއަކު ނުވަ ޓީމު ވާދަކުރިއެވެ. ސެމީން ޖާގަ ނުލިބުމުން ސަދަން ޓްރާންސްޕޯޓް ލިމިޓެޑާއި ‎ފެނަކަ ކޯޕަރޭޝަނާއި އެސް.ޓީ.އޯ 164 އާއި ‎އެސް.ޓީ.އޯ ފާމަސީ އާއި ‎މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ.

އެމް.އީ.ސީ ބަދަހި ކަޕް 2020ގެ މެޗުތަކުގެ ތެރެއިން… -އަދިވެސް ފޮޓޯ:

މީދޫ އެކުވެރިންގެ ޗޭނުގެ ފަރާތުން ބުނިގޮތުގައި އެ ޖަމްޢިއްޔާގެ ފަރާތުން މި ފަދަ މުބާރާތެއް ރާވައި ހިންގުމުގެ ބޭނުމަކީ ހުޅުދޫ މީދޫ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ރޫޙު ދިރުވައި، ހުޅުދޫ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ޒުވާނުންގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ހުޅުވާލުމާއި، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކޮށް ކުޅިވަރުގެ ރޫޙު އާލާ ކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *