Support Us

ނޮޅިވަރަންފަރު އަންހެނުންގެ ފުޓުސަލް މުބާރާތުގެ މިއަދުގެ މެޗުގެ ތެރެއިން.. -އަދިވެސް ފޮޓޯ: އަބްދުﷲ ހާރިސް

ނޮޅިވަރަންފަރު އަންހެނުންގެ ފުޓުސަލް މުބާރާތުގެ ފުރަތަމަ މެޗު ރެހެންދި އަށް

ހދ. ނޮޅިވަރަންފަރު އަންހެނުންގެ ފުޓުސަލް މުބާރާތުގެ ފުރަތަމަ މެޗު ރެހެންދި ކާމިޔާބުކޮށްފިއެވެ.

މޮޅު ކުޅުންތެރިޔަކަށް ހޮވުނު މަރިޔަމް ނިހާ އަށް ކައުންސިލއަރ އަސްމާ އާމިރު އިނާމު ދެއްވަނީ  -އަދިވެސް ފޮޓޯ: އަބްދުﷲ ހާރިސް

ހަތަރު ޓީމުގެ މެދުގައި، މިއަދުން ފެށިގެން މި މަހުގެ 22ގެ ނިޔަލަށް ކުރިއަށްދާ "ވިމެންސް ފުޓުސަލް ޓޯނަމަންޓު"ގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި މިރަކަލްސް ޓީމާ ވާދަކޮށް ރެހެންދި މޮޅުވީ 1-0 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެހެންދި ޓީމުގެ 13 ނަންބަރު މަރިޔަމް ނިހާއެވެ.

ނޮޅިވަރަންފަރު އަންހެނުންގެ ފުޓުސަލް މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރި ރެހެންދި ޓީމު -އަދިވެސް ފޮޓޯ: އަބްދުﷲ ހާރިސް

މާދަމާ ކުޅޭނީ ރަނިން ޓީމާއި ދިވާސް ޓީމެވެ.

މި މުބާރާތް ކުރިއަށް ދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށްދާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 22 ވަނަ ދުވަހު ހަވީރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް