Support Us

ކާފިއު ގަޑި ރޭގަނޑު 12 އިން ފަތިހު 4 އަށް މަދުކޮށް، އިތުރު ލުއިތަކެއް ދީފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ، ހުޅުމާލެ، ވިލިމާލޭގައި މީހުން ބޭރަށް ނުކުތުން މަނާކޮށްފައިވާ ގަޑި، ރޭގަނޑު 12 އިން ފަތިހު 4 އަށް މަދުކޮށް، އިތުރު ލުއިތަކެއް ދީފިއެވެ. ކާފިއު ގަޑިއެއްގެ ގޮތުގައި ކުރިން އޮތީ ރޭގަނޑު 11 އިން ފަތިހު 4 އަށެވެ.

އިތުރަށް ދިން ލުއިތަކުގައި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްވެސް ވަގުތެއްގައި، އެއްފަހަރާ 15 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެއުޅުން ހުއްޓައިލުން ހިމެނެއެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޔޫތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ވެސް ވަނީ ހުޅުވައިލައިފައެވެ. އަދި  އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް ބަލަން ދިޔުން ވެސް ވަނީ ހުޅުވާލައިފައެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލަން ވެސް ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން ގޭގައި މަސައްކަތް ކުރާގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައިރިސްކު ފަރާތްތައް ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނިކުމެ މަސައްކަތްކުރުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *