Support Us

ނަޞްރުގެ ދުވަހުގެ ހަނދާން ތަކާއެކު…

ޙަޔާތުގެ އެންމެ ބިރުވެރިރޭ ތަޞައްވުރުކޮށްލުމުން ހިތުގައި
ކިޔާ އިއްވާދިނުން ދަތިވީ ހަނދާން ތައް އެކުލެވޭ އޭގައި

އައީ މާލޭގެ ފަޅުތެރެއަށް ދެ މަސްބޯޓެއް އެކީ ވަދެގެން
އެއީ އައި ނިރުބަވެރި ބަޔެކޭ ހިތަށް ނާރާނެ ފަދަ ގޮތުގައި

ނަވާރަސަތޭކަ އަށާހި އަހަރު ނޮވެންބަރު މަހުގެ ތިންވަނަރޭ
ހުވާ ތެދެކޭ ބިރެއްނެތިވަދެ އަރައިފިޔެ ބަޔަކު މެންދަމުގައި

ގެނައި ހަތިޔާރު މީހުންނާ އެރީމާލޭގެ ދެދިމާއިން
އަރައިގެން އެއްބަޔަކުދިޔައީ ސިފައިންގެހިފަން ބުނާގޮތުގައި

އެއިންމީހެއްގެ އަތުގައި އޮތްބަޑިން ވަޒަނެއް ގޮވައި އޮޅިގެން
އަޑާއެކުގައި ޙުސައިން އާދަމް ބަޑިންވީ ރައްދު ދެއްވާފައި

އަޑަށް ހޭލާ ދިވެހި ސިފައިން ސަމާލުވެ ޙަމަލަދޭން ފެށުމުން
ބަޑިންދޭ ޙަމަލަ ދެ ފަރާތުގެ އަޑުންވީ މާލެ ގުގުމާފައި

ނިދާފައި ރައްޔިތުން މާލޭގެ ގޭގޭގައި އެރޭ ތިއްބާ
ނިދިން ހޭލީ އެމެންދަމުގައި އިވޭ ބިރުވެރި އަޑާއެކުގައި

އިސާހިތު ޚަބަރުތައް މާލޭ ތެރޭ ފެތުރެން ފަށައިގަތުމުން
ވިސާބިތު ބޭރު ޓެރަރިސްޓުން އަރައި ޙަމަލާ ދެނީކަމުގައި

އައީ ޤައުމަށް ޚިޔާނަތްތެރި ދެޣައްދާރުން ގެނައިބަޔެކޭ
ރައީސާ ޢަސްކަރީ މަރުކަޒު ޙިސާރުކުރަން ވެގެންކަމުގައި

ދިފާޢީ ބާރުގައި ހިމެނޭ ސިފައިން ވަގުތުން ސަމާލުވެގެން
ދިފާޢުކުރަން ޤައުމު ހިތްވަރު ކުރީ ސާބިތު ކަމާއެކުގައި

އެރޭގެ ބަޠަލް ޙުސައިން އާދަމް ޖިހާދު ކުރައްވަމުން ދަނިކޮށް
ފުރާނަ އެ ހަށިކޮޅާ ވަކިވީ ޝަހީދު މުޖާހިދެއް ގޮތުގައި

އެދުހު ޤައުމާއި ކުރިމަތިވީ ނުރައްކާތެރި ވި ދަނޑިވަޅުގައި
ޢަދުއްވުން ބަލިވެގެން ދިޔަގޮތް ވަނީ ތާރީޚުގައި ލިޔެފައި

އެ ޢުދުވާނީ ޙަމަލައާއެކު ޒަޚަމްވީ ގިނަ އެތައް ބަޔަކަށް
ލިބުނު ވޭނާ އެބޮޑު ގެއްލުން ހަނދާން ނުނެތޭނެ ދުވަހެއްގައި

މިއަދު ނާންނާނެ ބޭރުބައެއް މިޤައުމަށް ވެރިވެގަންނާކަށް
މިއަދު ވެރިވާނެ ސިކުނޑިތަކަށް މިކަން ދަންނަންވަނީ ޖެހިފައި

ނުފޫޒާ ބާރު ފޯރުވުމާ އެކީ ފިކުރީ އަރާރުންތައް
ޙުދޫދެއް ނެތްކަމުން އެކަމަށް ވަނީ ހޭލާތިބެން ޖެހިފައި

ދިވެހި ޤައުމާއި ކުރިމަތިވީ މިފަދަ ހުރިހާ ކަމެއްގެއަޑީ
ދިވެހި ކޮންމެސް ބަޔަކު ތިބެކަން ވަނީތާރީޚު ހެކިދީފައި

އޮތުން އިސްލާމްދީން ނުރުހޭ ބަޔަކު ޤައުމުގެ ތެރޭ ތިބެގެން
ގޮތެއް ކޮންމެސް އެހެން ހޯދަން ތިބޭ! ފުރުޞަތު ނުދޭގޮތުގައި

ވަނީ ނަޞްރުގެ ދުވަސް ނިސްބަތް ޝަހީދުވެ ދިޔަ ދިވެހި އަޚުނަށް
ވަނީ ޒިކުރާކުރުން އެދުވަސް މަމެންނަށް ވާޖިބެއްކަމުގައި

ޝަހީދު ޙުސައިން އާދަމް ފަދަ ވަފާތެރި ޚާދިމުން ޤައުމަށް
ބަނހީ! ތަރުބިޔަތު ކޮށްދީގެން ދަރިންހާނަން އެހެޔޮގޮތުގައި

މިލޮބުވެތި ދިވެހި ޤައުމާ މާތްވި އިސްލާމްދީންޙިމާޔަތްކޮށް
ލޮޅުން މިނިވަން ކަމަށް ނާރާނެހެންވީ އަދު އުޅެންޖެހިފައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *