މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައި އޭ.އީ.އެޗްގެ ސީ.އީ.އޯގެ މަޤާމަށް ޑރ. ސޯލިޙު ޢައްޔަންކުރެއްވުމުގެ ކުރިން އޭނާ ވަނީ މެޑިކާ ހޮސްޕިޓަލުގެ ޗީފް ސަރޖަންއެއްގެ މަޤާމު ފުރުއްވާފައެވެ. ހަމަ އެއާއެކު، އެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމު ވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި އިތުރު އެހެން ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ އިސް މަޤާމުތައް ވެސް ޑރ. ސޯލިހު ވަނީ ފުރުއްވައިފައެވެ.

ޑރ. ސޯލިޙަކީ މޯލްޑިވްސް ސަރޖަންސް އެސޯސިއޭޝަނާއި މޯލްޑިވްސް އެންޓި ޑޯޕިން އެސޯސިއޭޝަންގެ ރައީސެވެ. އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި، މޯލްޑިވްސް އޯތޯޕީޑިކް އެސޯސިއޭޝަން އަދި މޯލްޑިވިއަން މެޑިކަލް ސްޓޫޑެންޓް އެސޯސިއޭޝަންގެ ބާނީއެކެވެ.