Support Us

"އީޕީއެސް ހަނދާން" މެގަޒިން ނައިބު ރައީސް ފައިސަލް ނަސީމު ނެރެދެއްވަނީ -ފޮޓޯ: ރައީސް އޮފީސް

އީޕީއެސްގެ ހަނދާން އާކޮށް ދިރުވުމުގެ ގޮތުން މަޖައްލާއެއް ނެރެ ވެބްސައިޓެއް އިފްތިތާޙުކޮށްފި

އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސް ސްކޫލް) ހަނދާން އާކޮށް ދިރުވުމުގެ ގޮތުން މަޖައްލާއެއް ނެރެ ވެބްސައިޓެއް އިފްތިތާޙުކޮށްފިއެވެ. ސްޓެލްކޯ މާލަމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި "އީޕީއެސް ހަނދާން"ގެ ފުރަތަމަ ޢަދަދު ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމެވެ.

މަޖައްލާގެ މި ޢަދަދުގައި އީޕީއެސްގެ ކުރީގެ ދަރިވަރުންގެ ތެރެއިން މަޝްހޫރު ބައެއް ލިޔުންތެރީންނާއި ޢީލްމީ ބޭފުޅުންގެ ލިޔުންތައް ހިމެނުއްވައިފައިވެއެވެ. މަޖައްލާގެ މި ޢަދަދުގައި ހިމަނައިވައިފައިވާ ލިޔުންތައް ވަނީ ތިން ބަޔަކަށެވެ. އެއީ އީޕީއެސްގެ ތާރީޚާއި ސަގާފަތް ދިރުވައިދިނުމާއި ޢިލްމީ ލިޔުންތަކާއި އިޖުތިމާޢީ ލިޔުންތަކެވެ.

މިއަދު ބޭއްވި ރަސްމީޔާތުގެ ތެރެއިން

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އެ މަނިކުފާނުގެ ސްކޫލު ދައުރުގެ ހަނދާންތައް އައުކުރައްވާ، އީ.ޕީ.އެސް. ސްކޫލުން ދަރިވަރުންގެ ތަރުބިއްޔަތަށް ކުރެއްވި ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެ ގޮތުން، އީ.ޕީ.އެސް. ސްކޫލުން ދަރިވަރުވި އެތަކެއް ބަޔަކު މިއަދު ޤައުމުގެ ޒިންމާދާރު އެކިއެކި މަޤާމުތަކާއި މަސައްކަތްތަކުގައި ޚިދުމަތްކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އީ.ޕީ.އެސް. ސްކޫލުން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ސްކޫލުގެ ކުރީގެ ހިންގުންތެރިންނާއި މުދައްރިސުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

"އީޕީއެސް ހަނދާން" މެގަޒިންގެ އެޑިޓޯރިއަލް ބޯޑާއެކު ނައިބު ރައީސް ފައިސަލް ނަސީމު -ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ އީ.ޕީ.އެސް. ސްކޫލަކީ 26 ހާހަށްވުރެ ގިނަ ދަރިވަރުން ހެޔޮގޮތުގައި ބައްޓަންކުރި ސްކޫލެއް ކަމަށް ވާތީ، އެއީ ހަނދާން ނައްތައިލައިގެންވާނެ ނަމެއް ނޫން ކަމަށެވެ. އީ.ޕީ.އެސް. ސްކޫލުން ތަޢުލީމު ނުލިބުނު ނަމަ ޚުދު އެ މަނިކުފާނު މިއަދު މި މަޤާމުގައި ނުހުންނެވީސް ކަމަށް ވެސް ވިދާޅުވިއެވެ. މި ފަދަ ސަބަބުތައް ހުރުމާއެކު އީ.ޕީ.އެސް. ސްކޫލްގެ ނަމުގައި އަލުން ސްކޫލެއް ޙަރަކާތްތެރިވާތަން ދެކެވަޑައިގަތުމަކީ އެ މަނިކުފާނުގެ އުންމީދެއް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

އީޕީއެސް ފައުންޑޭޝަންގެ ހިންގާ ކޮމިޓީއާއެކު ނައިބު ރައީސް ފައިސަލް ނަސީމު -ފޮޓޯ: ރައީސް އޮފީސް

މި ޖަލްސާގައި އީ.ޕީ.އެސް. ސްކޫލުގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ އީ.ޕީ.އެސް. ސްކޫލް ފައުންޑޭޝަންގެ ރައީސް އަލްއުސްތާޛު އަޙުމަދު ހަމްޒާއެވެ. ވެބްސައިޓް އިފްތިތާޙުކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން، ހަމްޒާ ވިދާޅުވީ އިޕީއެސް ވުޖޫދަށް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. އަދި އީ.ޕީ.އެސް. ސްކޫލްގައި ކިޔަވައިދެއްވި ހުރިހާ މުދައްރިސުންނަށާއި ޕްރިންސިޕަލުންނަށާއި ފައުންޑަރ މެންބަރުންނަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ބޭއްވި ރަސްމީޔާތުގެ ތެރެއިން

އީ.ޕީ.އެސް. ސްކޫލް އުފެދުނީ 1968 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *