Support Us

ސީޝެލްސްގެ އިންތިހާބީ ރައީސް ވެވެލް ރަމްކަލަވަން އާއި ނައިބު ރައީސް އަހުމަދު އަފީފު (ކ)

ސީޝެލްސްގެ އާ ރައީސަށާއި ނައިބު ރައީސަށް، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ތަހުނިޔާ ފޮނުއްވައިފި

ސީޝެލްސްގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އާ ރައީސަށާއި ނައިބު ރައީސަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމު ތަހުނިޔާ ވިދާޅުވެއްޖެއެވެ.


ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި، ސީޝެލްސްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ކުރީގެ އިދިކޮޅު ލީޑަރު ކަމަށްވާ ސީޝެލްސް ޑިމޮކްރެޓިކް އެލަޔަންސް (އެލް.ޑީ.އެސް)ގެ ލީޑަރު ވެވެލް ރަމްކަލަވަން އާއި ނައިބު ރައީސް އަހުމަދު އަފީފަށް ހޫނު މަރުހަބާއެއް ވަނީ ވިދާޅުވެފައެވެ.


ސީޝެލްސްގެ އިންތިބާކީ ނައިބު ރައީސަކީ އައްޑޫ ރަދުންގެ ގޮތުގައި މަޝްހޫރުވެފައިވާ ޝަހުސިއްޔަތު އަބްދުﷲ އަފީފުގެ ދަރިކަލެކެވެ.


ސީޝެލްސްގެ އިންތިހާބީ ރައީސަށާއި ނައިބު ރައީސަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ތަހުނިޔާ ފޮނުއްވައިފައެވެ.

މީގެ އިތުރުން ރައީސް މައުމޫންގެ ދަރިކަނބަލުން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ، އާ ނައިބު ރައީސް އަހުމަދު އަފީފާއި އާއިލާއާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ޓްވީޓަކުން މަރުހަބާ ވިދާޅުވެފައެވެ.


ސީޝެލްސްގެ އިދިކޮޅު ޕާޓީއަށް ވެރިކަން މި ލިބުނީ 43 އަހަރުގެ ދިގު މުއްދަތަކަށްފަހުއެވެ. އިއްޔެ އާއި ކުރީ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓު އެލް.ޑީ.އެސް ކާމިޔާބުކޮށްފައި ވަނީ ވޯޓުލީ މީހުންގެ 54.9 ޕަސެންޓުން ކުރި ހޯދައިގެންނެވެ.


ސީޝެލްސްގެ އާ ރައީސަށާއި ނައިބު ރައީސް މަގާމުގެ ހުވާ ކުރެއްވުން އޮންނާނީ މާދަމާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *