Support Us

ޕޯސްޓުން އެތެކުރަން އުޅުނު 1.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ޕޯސްޓުން އެތެކުރަން އުޅުނު 1.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕޯސްޓްގެ ޒަރީއާއިން، ހަތަރު މަހެއްހާ ތެރޭގައި ތަފާތު 12 ފަހަރެއްގެ މަތިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 503 ގްރާމް ހުރި ކަމަށާއި އޭގެ މަގުމަތީ އަގު 1.44 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެ ތަކެތި އަތުލައިގެންފައި ވަނީ 28 ޖޫން އިން 13 އޮކްޓޯބަރ 2020 ގެ ނިޔަލަށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މި މަސްތުވާ ތަކެތީގެ ޕާރުސަލްތަކުގެ ތެރެއިން އެންމެ ގިނަ ޕާރުސަލް ފޮނުވާފައި ވަނީ ހަ ޕާރުސަލް ފޮނުވި އިނގިރޭސިވިލާތުންނެވެ. ދެން، ފަސް ޕާރުސަލް ފޮނުވި ނެދަލެންޑްސްއެވެ. އަނެއް ޕާރުސަލް ފޮނުވާފައި ވަނީ އިތިއޮޕިއާއިންނެވެ. އެކަމަކު އެންމެ ބަރު ޕާރުސަލަކީ އެއީ އެވެ. އޭގައި 248 ގްރާމު ކޮކެއިން ހުއްޓެވެ.

ފޮނުވާފައި ހުރި ޕާރުސަލްތަކުގައި ހުރީ ކޮކެއިންގެ އިތުރުން، ކެޓަމިން، އެކްސްޓެސީ އަދި ކެނަބިސްއެވެ.

އަތުލައިގަތް މަސްތުވާތަކެއްޗާއެކު މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *