ޓްރީ ޓޮޕްގެ މި އަހަރުގެ ފުރަތަމަ ޚިތާނީ ކޭމްޕްގައި ރަޖިސްޓަރީ ކުރުމަށް މިއަދު ހުޅުވައިލައިފިއެވެ.
ޓްރީ ޓޮޕުން ބުނީ މި ކޭމްޕުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޑިސެންބަރު 17ގެ ނިޔަލަށް ނަން ނޯޓުކުރެވޭނެ ކަމަށެވެ.
ކޭމްޕްގެ ތަފްސީލް:
ކޮންސަލްޓޭޝަން ތާރީޚް: 3 ޑިސެންބަރު 2026 އިން 7 ޖަނަވަރީ 2027 އަށް
ޕްރޮސީޖަރ ތާރީޚް: 12 ޑިސެންބަރު 2026 އިން 11 ޖަނަވަރީ 2027 އަށް
ހިތާނީ ޕެކޭޖްގައި ހިމެނެނީ:
• ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
• ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
• ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
• އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
• އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓަރ ކުރުން
• ފޮލޯއަޕް ކޮންސަލްޓޭޝަން
• އޮޕަރޭޝަނަށްފަހު ލުއި ކެއުން
• ޚާއްޞަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުޞަތު
"މި ކޭމްޕުގައި ޚިދުމަތް ދެއްވުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ފަރުވާއަށް ޚާއްޞަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ ޑރ. ޝަރީފް، ޑރ. އޯޑަރ، ޑރ. އުބައިދް ޑރ. މޫމިން، ޑރ. ހުސެއިނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ، އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ޚާއްސަކޮށްފައިވާ މާހައުލެއްގައި ކަމަށާއި، މި ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ." ޓްރީ ޓޮޕުން ބުނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ނުވަތަ care@treetophospital.com އަށް އީމެއިލް ކުރުމަށް ޓްރީ ޓޮޕުން އެދެއެވެ.



advertisment

