Support Us

ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކޮންޓޭނަރު އުުފުލުމަށް ރޭޓްތަކެއް ކަނޑައަޅައިފި

މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނަރު އުުފުލުމަށް ރޭޓްތަކެއް މިއަދު ކަނޑައަޅައިފިއެވެ.

އެމް.ޕީ.އެލް އިން ބުނީ ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއަރކުރާ "ފުލް ކޮންޓޭނަރ ލޯޑް" (އެފް.ސީ.އެލް) ކޮންޓޭނަރުތައް ކްލިއަރކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓަރމިނަލަށް މިދިޔަ މަހު ބަދަލުކޮށް އިއްޔެއާ ހަމައަށް ނަގައިފައި ވަނީ މާލޭ ވިޔަފާރި ބަނދަރުން ހުޅުމާލެ ޓަރމިނަލަށް ކަނޑުމަގުން ކޮންޓޭނަރ ގެންދިއުމަށް ނަގަމުންދާ ޓެރިފު ކަމަށެވެ. ނަމަވެސް، މާލޭ އާއި ތިލަފުއްޓާ ދެމެދު ހުރި ދުރުމިނަށް ރިޔާއަތްކޮށް، ޚިދުމަތަށް އެކަށޭނަ އަގުތަކެއް މިއަދުން ފެށިގެން ކަނޑައެޅީ ކަމަށެވެ.

މިގޮތުން 20 ފޫޓުގެ ކޮންޓެއިނަރަކަށް 1،500ރ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 3،000ރ. ޗާޖުކުރުމަށް ވަނީ ނިންމައިފައެވެ.

"މިއީ މާލޭ އާއި ތިލަފުއްޓާ ދެމެދު ހުރި ދުރުމިނަށް ރިޔާއަތްކޮށް، މި ޚިދުމަތަށް އެކަށޭނަ އަގުތަކެއް ކަނޑައެޅުމުގެ މަޤްޞަދުގައި ގެނެވުނު ބަދަލެކެވެ." އެމް.ޕީ.އެލް އިން ބުނެއެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *