Support Us

އޯޑަމާސް ޕިގޭ މަރުކާގެ އަތުކުރީ ގަޑިއެއް

290،000 ޑޮލަރުގެ އަތުކުރީ ގަޑި ވަގުކަލޭގެ އަނބުރާ ފިހާރައަށް ރައްދުކުރީ މާފުގެ ނޯޓަކާއެކު

ފަހަރުގައި މިއީ ދުނިޔޭގެ އެންމެ އަގުބޮޑު މާފުކަމަށްވެދާނެއެވެ.

ޖަޕާންގެ ވެރިރަށް ޓޯކްޔޯގައި ހުންނަ ފިހާރައަކުން ސްވިޒަލެންޑްގެ ލަގްޒަރީ މަރުކާ އޯޑަމާސް ޕިގޭގެ 290،000 ޑޮލަރު (4.47 މިލިއަން ރުފިޔާ)ގެ އަގުހުރި އަތުކުރީގަޑިއެއް ވަގަށްނެގި މީހަކު މާފުގެ ނޯޓަކާއެކު އެ ގަޑި ފިހާރައަށް އަނބުރާ ރައްދުކޮށްފިއެވެ.

ގަޑިއާއެކު ފިހާރައަށް ފޮނުވި ނޯޓުގައި އޭނާވަނީ އޭނާކުރި ކަންތަކާމެދު ދެރަވާކަމަށް ބުނެފައެވެ.

މި އާދަޔާ ހިލާފު ގޮތަށް ގަޑި އަނބުރާ ރައްދުކުރިޔަސް ރަސްމީ އީދާރާތަކުން މިއީ ވައްކަމުގެ މައްސަލައެއްގެ ގޮތުގައި ބަލައި، ތަހުގީގުކުރުން ހުއްޓައެއް ނުލައެވެ.

"ފުލުހުންގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް،" އޮފިޝަލަކު ބުންޏެވެ.

ގަޑި ވަގަށް ނެގީ މި ދިޔަ މަހު 29 ގައެވެ. އަދި އެ ގަޑި ފިހާރައަށް އަނބުރާ ރައްދުކުރީ އޭގެ ތިން ދުވަސް ފަހުން ކޫރީއާ މެދުވެރިކޮށް، އެ ޕެކެޖް ތެރެއަށް ވަގުކަލޭގެގެ މާފުގެ ނޯޓުވެސް ލައިފައެވެ.

ގަޑި ވަގަށް ނެގީ ފިހާރައިގައި ހުރެ އެ ގަޑި އަތުގައި އަޅައިލައިގެން އެ ޗެކުކޮށްލުމަށްފަހުއެވެ. އަދި އެއަށްފަހު ގަޑި އަތުގައި އަޅައިގެން ހުރެ އޭނާވަނީ އަވަހަށް އެ ފިހާރައިން ފިލައިފައެވެ.

މި ދިޔަ އޯގަސްޓްގެ ތެރޭގައި އެ ފިހާރަ ހުރި ކޮމްޕްލެކްސްގައި ހުންނަ ގަހަނާ ފިހާރައަކުން ޖުމްލަ 1.3 މިލިއަން ޑޮލަރު (20.02 މިލިއަން ރުފިޔާ)ގެ އަގުހުރި އެހެން ހަތަރު ލަގްޒަރީ ގަޑިވެސްވަނީ ވަގަށްނަގައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *