Support Us

އާ ޕާސްޕޯޓަކާއި އައި.ޑީ ކާޑެއް ހަސީނާއަށް ދޭން ބަނގްލަދޭޝުން ދެކޮޅުހަދައިފި

އަމިއްލައަށް އަރުވައިލެވިގެން އިންޑިޔާގައި ދިރިއުޅުއްވާ ބަނގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ މިއަދު އެދިވަޑައިގެންނެވި އާ ޕާސްޕޯޓާއި ގައުމީ އައިޑެންޓިޓީ ކާޑު ދޭން ބަނގްލަދޭޝުން ދެކޮޅުހަދައިފިއެވެ.

"އޭނާގެ މައްޗަށްވަނީ މަރުގެ ހުކުމް އިއްވައިފައި. ބަނގްލަދޭޝުން ޓެރަރިސްޓުންނަށް ޕާސްޕޯޓެއް ނުދޭނެ،" ބަނގްލަދޭޝްގެ ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހުމާޔޫން ކަބީރު ވިދާޅުވިއެވެ.

ހަސީނާ (ފޮޓޯ) އާ ޕާސްޕޯޓަކާއި ގައުމީ އައި.ޑީ ކާޑަށް އެދިވަޑައިގަތީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ބަނގްލަދޭޝްގެ އެމްބަސީންނެވެ. އޭނާ ރާއްވަވަމުންދަނީ އަންނަ މަހު ބަނގްލަދޭޝަށް އެނބުރި ވަޑައިގަތުމަށެވެ.

ހަސީނާގެ އެހީތެރިޔާ އަބޫ އުބައިދާ އަރީންވަނީ ހަސީނާ ގައުމަށް އެނބުރި ވަޑައިގަތުމަށް ނިންމެވުން އެއީ އެޅުއްވި މުހިންމު ފިޔަވަޅެއްކަމަށް ސިފަކުރައްވައިފައެވެ.

ދަރިވަރުން އިސްނަގައިގެން ހިންގި މުޒާހަރާތަކުގައި ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައުމުން، 2024 ގެ އޮގަސްޓްގައި ހަސީނާ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތެވެ. އެއާ ވިދިގެން ހަސީނާގެ ޕާސްޕޯޓާއި އައި.ޑީ ކާޑުވަނީ ބަނގްލަދޭޝްގެ އިންތިގާލީ ސަރުކާރުން ބާތިލުކޮށްފައެވެ.

މުޒާހިރީންނާ ދެކޮޅަށް އެޅި އަނިޔާވެރި ފިޔަވަޅުތަކާ ގުޅިގެން ހާއްސަ ޓްރައިބިއުނަލަކުން މި ދިޔަ އަހަރުގެ ނޮވެމްބަރުގައި ގައިރު ހާޒިރުގައި ހަސީނާއަށް މަރުގެ ހުކުމް އިއްވިއެވެ.

އދ.އިން ލަފާކުރާ ގޮތުގައި މުޒާހަރާތަކުގައި ބަޑިޖަހައި ގާތްގަނޑަކަށް 1،400 މީހުން މަރައިލިއެވެ. ނަމަވެސް ހަސީނާވަނީ ކުށެއްކުރެއްވިކަމަށް އިންކާރުކުރައްވައިފައެވެ.

ބަނގްލަދޭޝުން ބުނެފައިވަނީ ހަސީނާ އެނބުރި ގައުމަށް ވަޑައިގަންފިނަމަ ޖަލަށް ލައިނެކަމަށެވެ. އެ ކަމާ ގުޅިގެން ހަސީނާ ވިދާޅުވީ ކޮންމެ ކަމަކާ ކުރިމަތިލައްވަން ތައްޔާރުކަމަށެވެ. އަދި ގައުމަށް ވަޑައިގަންފައި ޓްރައިބިއުނަލްގެ ގާނޫނީ ހައިސިއްޔަތު ނެތްކަން ކަނޑައަޅުއްވަން މަސައްކަތްކުރައްވައިނެކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް