އެމް.ޑަބްލިޔުއެ.ސް.ސީން ދޭ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޚާއްޞަ ކެމްޕޭނެއް އައްޑޫ އާއި ފުވައްމުލަކުގައި ފަށައިފިއެވެ.
މި ކެމްޕޭނަކީ އެމް.ޑަބްލިޔު.އެސް.ސީގެ ޚިދުމަތް ހޯދަމުންދާ އެންމެހާ ކަސްޓަމަރުން ކުންފުނީގެ ދަފްތަރުގައި ރަޖިސްޓްރީކުރުމާއި، ކަސްޓަމަރުންގެ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަކުރުމަށް ބާރުއެޅުމަށް ހިންގާ ކެންޕޭނެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
"މީގެ އިތުރުން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އެމް.ޑަބްލިޔު.އެސް.ސީގެ މޮބައިލް އެޕްލިކޭޝަން ބޭނުންކުރާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު މި ޙަރަކާތުގެ ތެރެއިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ދެމުންދާ ޚިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ ދެނެގަނެ، އެ ކަންކަމަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ މުހިންމު ބައެކެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނުގައިވެއެވެ.

"މި ކެމްޕޭނުގެ ދަށުން ގޭގެޔަށް ޒިޔާރަތްކޮށް، ވީހާވެސް ގިނަ ރައްޔިތުންނަށް ފަސޭހައިން ރަޖިސްޓްރީވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އައްޑޫ ސިޓީގެ އަވަށްތަކުގައާއި އައްޑޫ ހުޅުދޫ އައްޑޫ މީދޫ އަދި ފުވައްމުލައް ސިޓީގެ އެކި ސަރަޙައްދުތަކުގައި ޚާއްޞަ ރޯޑްޝޯތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ."
ކަސްޓަމަރުންގެ މަޢުލޫމާތު އަދާހަމަކުރުމަށް
• އައްޑޫ ސިޓީ، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ އަދި ފުވައްމުލައް ސިޓީގެ ކަސްޓަމަރުންގެ މަޢުލޫމާތު އަދާހަމަކުރުމަށް މި ލިންކުގައިވާ ފޯމު ފުރަންވާނެ:
• އިތުރު މަޢުލޫމާތު ހޯދުމަށް: 1575 ހޮޓްލައިން ނަންބަރަށް ގުޅުއްވާ



advertisment

