Support Us

މުއައްމަރު ގައްޒާފީގެ ސިފައަށް ހަދައިފައިވާ އެކްސްޓަސީ ގުޅަތައް އަދި އޭނާ އދ.ގައި ތަގުރީރުކުރައްވަނީ (ވަކި ފޮޓޯގައި)

ގައްޒާފީގެ ސިފައަށް ހަދައިފައިވާ އެއް ލައްކަ ޑްރަގު ގުޅަ އަތުލައިގެންފި

ލީބިޔާގެ އަވަހާރަކޮށްލައިފައިވާ ލީޑަރު މުއައްމަރު ގައްޒާފީގެ ކޮނޑުން މަތި ހުންނަ ސިފައަށް ހަދައިފައިވާ 100،000 އެކްސްޓަސީ ގުޅަ އަތުލައިގެންފިއެވެ.

ޔޫރަޕުން ކަނޑުމަގުން ލީބިޔާއަށް އެތެރެކުރި، އަގު ހާމަނުކުރާ އެ މަސްތުވާތަކެތި ޝިޕްމަންޓް ފެނުނީ ހޮނިހިރު ދުވަހު ލީބިޔާގެ ބަނދަރެއްގައި އޮތް މުދާ ގެންދާ ވޭނެއްގައި ފޮރުވައިފައި ހުއްޓައެވެ.

"އެ ޑްރަގްތައް ހޯދުނީ ކަނޑުމަގުން އެހެން ތަނަކަށް ގެންދަން ގޭންގަކުން އުޅޭކަމުގެ މައުލޫމާތު ލިބިގެން،" ލީބިޔާގެ ވެރިރަށް ތަރާބުލުސްގައި ހުންނަ ރިޔާސީ ކައުންސިލްގެ ޓެރަރިޒަމާއި ރާވައިގެން ކުށްކުރުމާ ބެހޭ ފުލުހުންގެ ޔުނިޓުން އިއްޔެ ބުންޏެވެ.

މި މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފައި މިހާރުވަނީ މައްސަލަ ޕްރޮސެކިއުޓަރުންނަށް ހުށަހަޅައިފައެވެ.

އދ.އިން ބުނީ 2011 ގައި ގައްޒާފީ ވެރިކަމުން ވައްޓައިލީއްސުރެ، ލީބިޔާ ވެފައިވަނީ ލެބޯޓްރީގައި ތައްޔާރުކުރާ މަސްތުވާތަކެތި އެއް ގައުމުން އަނެއް ގައުމަށް ގެންދާ މުހިންމު ޓްރާންސިޓް މަގަކަށްކަމަށެވެ.

ލީބިޔާގެ ވެރިކަން ހޯދުމަށް އިދިކޮޅު ދެ ގްރޫޕުން މަސައްކަތްކުރަމުންދާއިރު އެ ކަމުގެ ފައިދާ ނަގައިގެން ގޭންގްތަކުން ޑްރަގް ވިޔަފާރިކުރެއެވެ. ދެ ގްރޫޕުން މިހާރު ނިންމައިފައިވަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިންތިހާބެއް ބާއްވައިށެވެ.

އުމުރުން 69 އަހަރުގައި، 1969 ގައި ލޭއޮހޮރުވުމެއް ނެތް ބަގާވާތެއްގައި ލީބިޔާގެ ވެރިކަމާ ހަވާލުވެވަޑައިގަތް ގައްޒާފީ 2011 ގައި އަވަހާރަކޮށްލީ، ހުޅަނގުގެ ގައުމުތަކުން އުފައްދައިފައިވާ އަސްކަރީ ޖަމިއްޔާ ނޭޓޯއިން އެހީވެގެން އޭނާއާ ދެކޮޅަށް ބަޔަކު ތެދުވެއެވެ. ގައްޒާފީ އަވަހާރަކޮށްލީ ފެން ހިންދާ ހޮޅިއެއްގައި ފިއްލަވައި އޮއްވައި، ފުރަތަމަ ގްރެނޭޑަކުން ހަމަލާދީ، އެއަށްފަހު ސީދާ އޭނާއަށް ވަރަށް އަނިޔާވެރި ގޮތަކަށް ޖިސްމާނީ ޒަހަމްތަކެއް ދީފައެވެ. އޮފިޝަލުން ބުނީ އޭނާ އަވަހާރަކޮށްލައިފައިވަނީ ބޮލަށާއި މެއަށް ބަޑިޖަހައިގެންކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *