Support Us

އެޑްވަޓޯރިއަލް:

ކަރަންޓު އައުޓްބޯޑް އިންޖީނު އުފައްދާ ޗައިނާގެ އެކްސްޕްލޯމާގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރުކަން އިއޮންގްރިޑަށް

ތިމާވެއްޓާ ރައްޓެހި، ކަރަންޓު އައުޓްބޯޑް އިންޖީނު އުފައްދައި އަދި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިފައިވާ ޗައިނާގެ އެކްސްޕްލޯމާ ކުންފުނީގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރުކަން ރާއްޖޭގެ އިއޮންގްރިޑް އަށް ދީފިއެވެ.

އެކްސްޕްލޯމާގެ ބަޔާނެއް ބުނާގޮތުގައި ތިމާވެއްޓާ ރައްޓެހި، އެންމެފަހުގެ ޓެކްނޮލޮޖީގެ މި އިންޖީނުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑު ދަތުރުފަތުރަށް އިންގިލާބީ ކުރިއެެރުމެއް އަންނާނެއެވެ.

"ކަރަންޓު އިންޖީނުން އުޅަނދުފަހަރު ދުއްވުމުގެ އެކްސްޕްލޯމާގެ ޓެކްނޮލޮޖީ އާއި އިއޮންގްރިޑްގެ ރާއްޖޭގެ މާކެޓްގެ ތަޖުރިބާ ގުޅުވައިލުމުން ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ބޭނުންތަކަށް އެ ފަދަ ދެވަނައެއްނުވާ ހައްލުތައް ތަރައްގީކުރެވޭނެއެވެ." އެކްސްޕްލޯމާގެ ބަޔާނުގައި ބުނެއެވެ.

"ބުރަފަތި ކަރަންޓުން އޮޕަރޭޓްކުރުމުން ރާއްޖޭގެ ކަނޑުގެ ތިމާވެއްޓަށް މާނަވީ ފައިދާތަކެއް ކުރާނެއެވެ. މިގޮތުން ތެލުގެ އިންޖީނުތަކުން ވިހަ ދުންގަނޑު ބޭރުކުރުން މަދުވުމުންނާއި އިންޖީނުގައި އަޑެއް ނެތުމުން ވަޔާއި ލޮނުގަނޑު ސާފުކޮށް ބަހައްޓައިދިނުމުގެ އިތުރުން، ފަސިންޖަރުންނަށް ގުދުރަތީ ހަމަހިމޭންކަމާއެކު އަރާމު ދަތުރަކަށް މަގުފަހިވާނެއެވެ."

އެކްސްޕްލޯމާ އިން ބުނާގޮތުގައި ރިސޯޓުތަކާއި ސަފާރީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް މިއީ ތަޖުރިބާކުރަން ލިބޭ އިތުރު ފުރުސަތުތަކެކެވެ.

"އެއީ، ހަމަހިމޭންކަމާއި ހިތްފަސޭހަކަމާއެކު މެހެމާނުން އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށާއި އެކްސްކާޝަންތަކާއި މޫދު ކުޅިވަރުތަކާއި އެހެނިހެން ކަނޑުގެ ހަރަކާތްތައް ސާފުތާހިރުކަމާއެކު، އެކަމަކު ބާރު ސްޕީޑުގައި ހިންގައިދީގެންނެވެ. އެކްސްޕްލޯމާ އާއި އިއޮންގްރިޑު ގުޅިގެން މަސައްކަތްކުރުމުން ކަރަންޓުން އުޅަނދުފަހަރު ދުއްވުމަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތްތަކާއި ފަތުރުވެރިކަމުގެ ސިނާއަތަށް އަމަލީ ގޮތުން ރަނގަޅު ކަމަކަށްވެ، އެ ކަމަށް ޝައުގުވެރިކަން ލިބޭނެ ކަމަކަށް ވުމަށް އުއްމީދުކުރެވެއެވެ."

"މީހުންނާއި ފަތުރުވެރިކަމާއި ކަނޑާ ދެމެދު އޮތް ގުޅުން ހާއްސަ ގޮތެއްގައި ވަރުގަދަކޮށް މުޅި ދުނިޔޭގައިވެސް އޮތް އެއް ތަނަކީ ދިވެހިރާއްޖެ،" އެކްސްޕްލޯމާގެ ބޯޑު މެންބަރު އަދި ސޭލްސް ޑިރެކްޓަރ ޖޮނަތަން ވޭންގް ވިދާޅުވިއެވެ. "އެހެންވެ މަތީ ފެންވަރެއްގައި މަސައްކަތްކުރާ ކަރަންޓު އައުޓްބޯޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން އަހަރެމެން ބޭނުންވަނީ ރާއްޖޭގެ އޮޕަރޭޓަރުންނަށް ސާފު އަދި ހަމަހިމޭންކަމާއެކު އުޅަނދުފަހަރު ދުއްވޭނެ ގޮތް ހެދުމަށް އެހީވާން. އެއީ ފަންނީ މީހުންނާއި އަރާމުކުރާ މީހުންވެސް ބޭނުންވާނޭ ދުވެއްޔާއި އިތުބާރާއި ތަޖުރިބާއާއެކު. އިއޮންގްރިޑާއެކު މަސައްކަތްކޮށްގެން، ކަރަންޓުން އުޅަނދުފަހަރު ދުއްވުން ރާއްޖޭގެ މާކެޓުގައި މިހާރަށްވުރެ ބޮޑަށް ފުޅާވެގެންދިއުމަށް އަހަރެމެން އުއްމީދުކުރަން."

އިއޮންގްރިޑުން ބުނީ ރާއްޖޭގެ ކަނޑު އުޅަނދުފަހަރުގެ ރާސްތާގެ ކުރިމަގު ބަދަލުކޮށްލުމަށް އިލެކްޓްރިކް ޕްރޮޕަލްޝަން ނުވަތަ ކަރަންޓުން ބުރަފަތި އަނބުރާ އިންޖީނުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެކްސްޕްލޯމާއާއެކު ގާއިމުކުރި ޕާޓްނަޝިޕްގެ އެހީގައި، އިތުބާރުކުރެވޭ އަދި އީޖާދީ ކަރަންޓު އައުޓްބޯޑް ޓެކްނޮލޮޖީ ރާއްޖޭގެ މާކެޓަށް ގެނެސް، މިހާރަށްވުރެ ދެމެހެއްޓެނިވި، ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކަށް ބަދަލުކޮށްލުމަށްވެސް އެހީއަކަށްވާނެ ކަމަށެވެ.

ރަށްރަށަށާއި ރިސޯޓްތަކަށް މީހުން ގެންދިއުމުން ފެށިގެން މުނިފޫހިފިލުވުމަށާއި ވިޔަފާރިއަށް އުޅަނދުފަހަރު ދުއްވުމުގެ ދާއިރާތަކަށް، ކަރަންޓުން އުޅަނދުފަހަރު ފަސޭހަކަމާއެކު ދަތުރުކުރުމުގެ ނިޒާމުތައް އަވަހަށް ގާއިމުކުރުމަށް އެކްސްޕްލޯމާ އާއި އިއޮންގްރިޑުން ގުޅިގެން މަސައްކަތްކުރެއެވެ.

އެކްސްޕްލޯމާ އިން ނިންމައިފައި ވަނީ އިންޖީނުތައް ދައްކައިލުމަށް ޝޯރޫމުތައް ގާއިމްކުރުމަށާއި ކަނޑުގައި ކުރާ ޓެސްޓްތައް ދައްކައިދޭ އިވެންޓްތައް ބާއްވާށެވެ. އެއީ، ކަރަންޓުން އުޅަނދުފަހަރު ދުއްވުމުގައި، ޓޫރިޒަމާއި ކަނޑު ދަތުރުފަތުރުގެ އޮޕަރޭޝަންތަކަށް ހުރި ފަހި ފުރުސަތުތައް، ލޮލުން ދެކި އަތުން ހިފުމަށް ކަސްޓަމަރުންނަށާއި ވިޔަފާރި އޮޕަރޭޓްކުރާ ފަރާތްތަކަށް މަގުފަހިކޮށްދިނުމަށެވެ.

"އުޅަނދުފަހަރު ދުއްވުމުގެ ކުރިމަގު ބިނާވެފައިވަނީ ކަރަންޓުގެ މައްޗަށެވެ. އެކްސްޕްލޯމާ އާއި އިއޮންގްރިޑުން ރާއްޖެއަށް ގެނެސްދެނީ ސާފު، ހަމަހިމޭން އަދި ވިސްނުންތެރި ކަނޑުގެ ދަތުރުފަތުރުގެ ފަސޭހަކަމެވެ." އެކްސްޕްލޯމާގެ ބަޔާނުގައި ބުނެއެވެ.

އެކްސްޕްލޯމާއަކީ ކޮބާ؟

އެކްސްޕްލޯމާއަކީ 2021 ގައި ގާއިމުކުރި، ފެނުގައި ދަތުރުކުރުމުގެ މަތީ ފަންތީގެ ނިޒާމުތައް ތައާރަފުކުރި ޗައިނާ ކުންފުންޏެކެވެ. ތެލާއި ގޭސް ފަދަ ތަކެތި ބޭނުންނުކޮށް، ކަނޑާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތްތަކުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އުފެއްދި ކުންފުންޏެކެވެ. ކާބަން މާއްދާ ދޫކުރުން އެއްކޮށް ހުއްޓައިލައި، ފެނުގައި ދަތުރުކުރުމުގެ ކުރިމަގު މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)އަށް ބިނާކޮށް ބައްޓަންކުރަން މަސައްކަތްކުރާ ކުންފުންޏެކެވެ.

އެކްސްޕްލޯމާގެ އެޑްވާންސްޑް ކަރަންޓު އައުޓްބޯޑް ނިޒާމުތަކުގައި 70 ހޯސްޕަވަރާއި 150 ހޯސްޕަވަރާއި 300 ހޯސްޕަވަރުގެ ފަރުމާތައް ހިމެނެއެވެ. ސްމާޓް ފަންކްޝަންތައް ލިއްބައިދޭއިރު މެއިންޓެނަންސް ކުޑަވުމުގެ އިތުރުން ތިމާވެށި ތަގައްޔަރެއްވެސް ނުކުރެއެވެ. މި ކަމުގެ ސަބަބުން އެހެން އެއްވެސް އިންޖީނަކާ އަޅައިނުކިރޭނެ ކަނޑު ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދެއެވެ.

އޭ.އައި ބޭނުންކޮށްގެން ތަކެތި އުފައްދާ އެކްސްޕްލޯމާގެ ޝޯރޫމެއް ޗައިނާގެ ޗޭންގްޝޫ ކައުންޓީގައި ހުރެއެވެ. އެ ތާނގައި ރިސާޗް އެންޑް ޑެވެލޮޕްމަންޓް ނުވަތަ ދިރާސާ އާއި ތަކެތި ތަރައްގީކުރުމާއި ތަހުލީލުކުރުމާއި އަދި ތަކެތި އުފެއްދުން ކުރިއަށްގެންދެއެވެ. އަދި ޗައިނާގެ ޝެންހާއި މުނިސިޕަލިޓީގައިވެސް އެކްސްޕްލޯމާގެ އޮޕަރޭޝަންތައް ހިންގާ އޮފީހެއް ހުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *