Support Us

ޔުގެންޑާގެ ހައިވާނުންނާ ބެހޭ އިދާރާގެ މުވައްޒަފުން މާކިސަން ފޯލްސް ނެޝަނަލް ޕާކުން އަޖައި ވައިލްޑްލައިފް ރިޒާވަށް ނިޔޫބީއަން ޒަރާފާއެއް ގެންދަނީ

ތެޔޮ އުފައްދަން ފަށަން ޔުގެންޑާއިން ނިޔޫބީއަން ޒަރާފާތަކެއް އެހެން ސަރަހައްދަކަށް ބަދަލުކޮށްފި

ޔުގެންޑާއިން މި އަހަރު ތެޔޮ އުފައްދަން ފަށަން ދުނިޔެއިން ހުސްވެދާނެ ކަމަށް ބެލެވިފައިވާ ނިޔޫބީއަން ބާވަތުގެ ޒަރާފާތަކެއް އެހެން ސަރަހައްދަކަށް ބަދަލުކޮށްފިއެވެ.

ދުނިޔޭގައި މިހާރު އުޅެނީ ގާތްގަނޑަކަށް 4،000 ނިޔޫބީއަން ޒަރާފާ ކަމަށްވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ނިޔޫބީއަން ޒަރާފާ އުޅެނީ ޔުގެންޑާގައެވެ. އަދި އޭގެ ތެރެއިން އެހެން ސަރަހައްދަކަށް ބަދަލުކުރި 12 ނިޔޫބީއަން ޒަރާފާ އުޅުނީ ޔުގެންޑާގެ ތެޔޮ ރިޒާވްގެ 40 ޕަސެންޓް ހުރި، ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށްވާ މާކިސަން ފޯލްސް ނެޝަނަލް ޕާކްގައެވެ.

އެ 12 ނިޔޫބީއަން ޒަރާފާ ބަދަލުކުރީ ޕާކާ 65 މޭލު ދުރުގައި އޮންނަ އަޖައި ވައިލްޑްލައިފް ރިޒާވްއަށެވެ.

މި މަޝްރޫއަކީ އަޖައިގައި އަލުން ހައިވާނުން އާބާދުކުރާވެސް ޕްރޮޖެކްޓެކެވެ. ގަވައިދާ ހިލާފަށް ޝިކާރަކުރާތީ އެ ސަރަހައްދުންވަނީ ހައިވާނުން މަދުވެފައެވެ.

"ނިޔޫބީއަން ޒަރާފާގެ އިތުރު އާބާދީއެއް ގާއިމުކުރުމަކީ އެ ސޮރުމެން ހިމާޔަތްކުރަން އެޅި ރަނގަޅު ފިޔަވަޅެއް،" ޔުގެންޑާގެ ހައިވާނުންނާ ބެހޭ އިދާރާގެ ޖަނަވާރުންގެ ބޭސްވެރިކަމާ ގުޅޭ ކޮމިޝަނަރުގެ އެހީތެރިޔާ ޕެޓްރިކް އަޓިމްނެޑީ ބުންޏެވެ.

ޒަރާފާއަކީ ދުނިޔޭގެ އެންމެ އިސްކޮޅުން ދިގު ޖަނަވާރެވެ. އިސްކޮޅުގައި 20 ފޫޓު ހުންނައިރު ބަރުދަނުގައި ދެ ޓަނު ހުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *