Support Us

މަރުވި މީހެއްގެ ސަންދޯއް ގެންދަނީ

ހަނގުރާމަވެރިންނާ ދެކޮޅަށް ކުރި މުޒާހަރާއަށް ދިން ހަމަލާއެއްގައި 14 މަރު

ހަތިޔާރުއެޅި މީހުންގެ ހަރަކާތްތަކާ ދެކޮޅަށް ޕާކިސްތާންގައި ބޭއްވި ސުލްހަވެރި މުޒާހަރާއަކަށް އަމިއްލައަށް މަރުވެގެން ދިން ހަމަލާއެއްގައި 14 މީހުން މަރުވެއްޖެއެވެ.

ސުވަތު ވާދީގައި އޮތް މުޒާހަރާއަށް އިއްޔެ ހަމަލާދިނުމުން މަރުވި މީހުންގެ ތެރޭގައި ނުވަ އާއްމުންނާއި ފަސް ފުލުހުން ހިމެނެއެވެ. އަދި ދެ ދޮޅަހަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.

ބޮންގޮއްވައިލީ ކަބަލް ވިލެޖްގައި ހުރި ފުލުހުންގެ މަރުކަޒެއް ކައިރީގައެވެ. މުޒާހަރާކުރުންތެރިން ތިބީ އެ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެފައެވެ. އެ މީހުން ގޮވައިލަމުންދިޔައީ ހަނގުރާމަވެރިންގެ ފަރާތުން އިތުރުވަމުންދާ އަނިޔާވެރިކަމަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށެވެ.

ބޮންގޮއްވައިލިކަމުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނުނަގައެވެ.

ރައީސް އާސިފު އަލީ ޒަރްދާރީ ހަމަލާ ކުށްވެރިކުރެއްވިއެވެ.

"ޓެރަރިޒަމާ ދެކޮޅަށް ގައުމުގައި އޮތް އަޒުމް، ސުލްހައިގެ ދުޝްމިނުންނަށް ނިކަމެއްޗެއް ނުކޮށްލެވޭނެ،" އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު ޝަހްބާޒު ޝަރީފު ވިދާޅުވީ "ޓެރަރިޒަމް އެއްކޮށް ފުހެލެވެންދެން އެ ކަމާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ކުރިއަށްގެންދާނެ" ކަމަށެވެ.

ޒަހަމްވި މީހުންނަށް އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް އޭނާ އަމުރުކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *